ވެކްސިން ޖަހައިގެން ނުވަތަ ނުޖަހާ ނަމަވެސް މެނިންގޯކޮކަލް އަލާމަތެއް ފެނުމުން ޑޮކްޓަރަށް ދައްކަން އެދެފި

ވެކްސިން ޖެހި ނަމަވެސް ނުވަތަ ނުޖަހާ ހުއްޓާ މެނިންގޯކޮކަލް އަލާމަތެއް ފެނުނަސް ޑޮކްޓަރަށް ދައްކަން އެދެފި -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ވެކްސިން ޖެހި ނަމަވެސް ނުވަތަ ނުޖަހާ ހުއްޓާ ވެސް މެނިންގޯކޮކަލް އަލާމާތެއް ފެނިއްޖެނަމަ ޑޮކްޓަރަށް ދައްކަން އެދެފިއެވެ.

މިގޮތުން އެޗްޕީއޭ އިން ބުނީ ހައްޖަށް ދިޔަ މީހުންގެ ތެރެއިން މެނިންޖައިޓިސް ވެކްސިން އެއްވެސް ސަބަބަކާހުރެ ނުޖެހޭ މީހެއް ވާނަމަ، ބަލީގެ އަލާމާތެއް ފެނިއްޖެނަމަ ވީހާ ވެސް އަވަހަކަށް ޑޮކްޓަރުންގެ ލަފާ ހޯދުމަށެވެ.

މީގެއިތުރުން ވެކްސިން ޖެހުމަށްފަހު ފުރުމާ ދެމެދު 14 ދުވަސް ހަމަނުވާ މީހެއް ހުރިކަމުގައިވާނަމަ، ބަލީގެ އަލާމާތެއް ފެނިއްޖެނަމަ ޑަކުޓަރަށް ދެއްކުން މުހިއްމުކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

މެނިންޖައިޓިސް ވެކްސިން ޖެހުމުން ބަލިން ރައްކާތެރިކޮށްދެއެވެ.

ހަމަމިއާއެކު، މެނިންޖައިޓިސް ވެކްސިންއިން ހަށިގަނޑުގެ ދިފާއީބާރު އުފެއްދުމަށް ގާތްގަނޑަކަށް ދެ ހަފްތާ ނަގައެވެ. އަދި މި ބަލިން ރައްކާތެރިވުމަށް މަދުވެގެން ދެ ހަފްތާ ކުރިން ވެކްސިން ޖެހުން މުހިންމު ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

ނުރައްކާތެރި ބައްޔެއްކަމަށްވާ މެނިންގޮކޯކަލްގެ ކޭހެއް ރާއްޖެއިން މިއަދު ވަނީ ފެނިފައެވެ.

ގައިންގަޔަށް އަރާ ނުރައްކާތެރި ބައްޔެއް ކަމަށްވާ މެނިންގޮކޯކަލް ބަލީގެ ކޭހެއް ރާއްޖެއިން ފެނުމާ ގުޅިގެން ކޮންޓެކްޓް ޓްރޭސިން ހަދައި، ކޮންޓެކްޓުން ދެނެގަނެ އެ މީހުންގެ ފަރުވާ ވެސް މިހާރު ވަނީ ފަށާފައެވެ.

https://sun.mv/193583

މެނިންގޮކޯކަލްއަކީ ނުރައްކާތެރި ބެކްޓީރިއާއެއްކަމަށްވާ ނެއިސެރިއާ މެނިންގްޓިޑިސް ނުވަތަ އާންމު ނަމުންނަމަ މެނިންގޮކޯކަސްގެ ސަބަބުން ޖެހޭ ބައްޔެކެވެ.

https://sun.mv/193575

comment ކޮމެންޓް