މެނިންގޯކޮކަލް ކޭހާ ގުޅިގެން ކޮންޓެކްޓުން ދެނެގަނެ ފަރުވާ ފަށައިފި

ޖޫން 6، 2020: މާލޭގައި މީހުންގެ ރެންޑަމް ސާމްޕަލް ނެގުމުގައި އާރްއާރް ޓީމް ހަރަކާތްތެރިވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ގައިންގަޔަށް އަރާ ނުރައްކާތެރި ބައްޔެއް ކަމަށްވާ މެނިންގޮކޯކަލް ބަލީގެ ކޭހެއް ރާއްޖެއިން ފެނުމާ ގުޅިގެން ކޮންޓެކްޓް ޓްރޭސިން ހަދައި، ކޮންޓެކްޓުން ދެނެގަނެ އެ މީހުންގެ ފަރުވާ ފަށައިފިއެވެ.

ހެލްތު ޕްްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިރޭ ބުނީ ކޮންޓެކްޓްވީ ފަރާތްތަކަށް މައުލޫމާތު ދީ، ކޮންޓެކްޓުންނަށް ބަލިން ރައްކާތެރިވުމަށްދޭ ޕްރޮފައިލެކްޓިކް ބޭސް ދޭން ފަށައިފައިވާ ކަމަށެވެ.

އެޗްޕީއޭއިން ބުނި ގޮތުގައި ބަލި ޖެހިފައިވާ މީހާއާއެކު އެންމެ ގާތްކޮށް އުޅޭ ފަރާތްތަކަށް ބަލި ޖެހުމުގެ ފުރުސަތު ބޮޑެވެ. މި ބަލީގެ އަލާމާތްތައް ފެންނާނީ ބަލިޖެހޭތާ 1 ދުވަހާއި 10 ދުވަހާ ދެމެދުގައެވެ.

ކޮންޓެކްޓުންގެ ގޮތުގައި ބެލެވޭ މީހުންނަކީ:

  • ބަލިމީހާއާ އެއް ގެއެއްގައި ދިރިއުޅޭ މީހުން
  • ބަލިމީހާއާ އެއްކޮށް ވަރަށް ގިނައިރު އެއް ބަހެއްގައި، ނުވަތަ އެއް މަތިންދާބޯޓެއްގައި ދަތުރުކުރި މީހުން
  • ބަލި މީހާގެ ކުޅުފަދަ ނޭވާލާ ނިޒާމުން އުފެދޭ ދިޔައަކަށް ހުށަހެޅިފައިވާ މީހުން

https://sun.mv/193582

މެނިންގޮކޯކަލް މެނިންޖައިޓިސް ޖެހުމުން, ސިކުނޑިއާއި ސްޕައިނަލް ކޯޑުގެ ވަށަގެން ހުންނަ ދުލިފަށަލަ އިންފެކްޓުވެ, ދުޅަވެއެވެ.

މެނިންގޮކޯކަލް ލޭގެ އިންފެކްޝަން ޖެހުމުން, ބެކްޓީރިއާ ލޭގައި ދައުރުވެ, ލޭހޮޅިތަކަށް ގެއްލުންދެއެވެ. އޭގެ ސަބަބުން ގުނަވަންތަކުން ލޭ އަންނަން ފަށައެވެ.

މެނިންގޮކޯކަލް މެނިންޖައިޓިސް އާއި މެނިންގޮކޯކަލް ލޭގެ އިންފެކްޝަން ޖެހުމުން ފެންނަ އަލާމާތްތައް ތަފާތެވެ. ނަމަވެސް ދެ ބާވަތް ސީރިއަސް ވެފައި ނުރައްކާ ބޮޑެވެ.

comment ކޮމެންޓް