ފިޔޯރީން ގެއްލުނު މީނާލް ފެނިއްޖެ، ފެނުނީ ފަޅު ގެއެއްގައި ހޭނެތިފައި އޮއްވައި

ގެއްލިގެން ހޯދި މީނާލް މިހާރުވަނީ ފެނިފައި --

ގދ. ފިޔޯރީން ގެއްލިގެން ހޯދަމުން އައި އުމުރުން އެންމެ އަށް އަހަރުގެ އަންހެން ކުއްޖެއްކަމަށްވާ މަރިޔަމް މީނާލް މުޙައްމަދު މިރޭ ފެނިއްޖެއެވެ.

ފުލުހުން ވަނީ އެ ކުއްޖާ ފެނިފައިވާކަން ކަށަވަރުކޮށްދީފައެވެ.

އެ ރަށު ފިނިވިލާގެއަށް ނިސްބަތްވާ މީނާލް ގެއްލުނުކަން ފާހަގަވީ މިއަދު ހަވީރު 17:35 ހާއިރެވެ. އެއާއެކު މީނާލް ހޯދުމުގެ މަސައްކަތް އައީ ކުރަމުންނެވެ.

https://sun.mv/193473

އިތުރު މައުލޫމާތު ހިއްސާކުރަމުން ފިޔޯރީ ކައުންސިލުގެ އިސް ބޭފުޅަކު "ސަން"އަށް ވިދާޅުވީ މީނާލް ފެނުނީ، އޭނާ ދިރިއުޅޭ ގެއާ ވަރަށް ކައިރީގައި ހުރި ފަޅު ގެއަކުން ކަމަށެވެ. ފެނުނުއިރު އޮތީ ހޭނެތިފައި ކަމަށް ވެސް ވިދާޅުވިއެވެ.

ނަމަވެސް މީނާލް ގެއްލިގެން ހޯދިއިރު ދެ ތިން ފަހަރު އެ ފަޅު ގެ ބެލިއިރު ވެސް ކުރިން އެ ތަނުން މީހަކު ފާހަގަނުވިކަމަށް އޭނާ ވިދާޅުވިއެވެ.

ފެނުނުއިރު އޮތީ ހޭނެތިފައި ކަމުން ހޭއަރުވަން މޫނަަށް ފެންފޮދެއް ޖަހައި ހެދިކަމަށާއި، މިހާރު ހޭ އަރައިފައި އޮތް ނަމަވެސް އޮތީ ވަރަށް ބޮޑަށް ބިރުގަނެ، ސިހި، ހާސްވެފައި ކަމަށް ވިދާޅުވިއެވެ. އެހެންވެ އަދި ވާހަކަ ވެސް ނުދެއްކޭކަމަށް ވިދާޅުވިއެވެ.

ފުލުހުން ބުނި ގޮތުގައި މީނާލް ފެނުނުއިރު ހުރީ "ހީކަރުވައި ވަރުދެރަވެފައި"އެވެ. އެެހެންވެ ހޮސްޕިޓަލަށް ގެންދިޔަކަމަށް ބުންޏެވެ. އަދި ކުއްޖާގެ ހާލު ރަނގަޅުކަމަށް ވެސް ބުންޏެވެ.

މި ކަމާ ގުޅޭ އިތުރު މައުލޫމާތު "ސަން"އަށް ދެމުން ކުއްޖާގެ ބައްޕަ މުޙައްމަދު ރަޝީދު މިރޭ ބުނީ ހަވީރުގެ ވަގުތު މީނާލް މަންމަ ދެކެ ހިތްހަމަ ނުޖެހިގެން ގެއިން ނިކުމެގެން ދިޔަ ކަމަށެވެ.

އެކަނި މައިއެކަނި ދުވަހަކު ވެސް ގެއާ ދުރު ތަނަކަށް މީނާލް ނުދާނެކަން ފާހަގަކޮށް އޭނާ ވިދާޅުވީ މި ހާދިސާއާ ގުޅުވޭ ޝައްކުވާ އެއްވެސް ކަމެއް މި ދޭތެރެއިން ހިނގައިފައި ވެސް ނުވާކަމަށެވެ.

މީނާލަކީ ކިޑްނީގެ ބައްޔެއް ހުރި ކުއްޖެއްކަމަަށް އާއިލާއިން މައުލޫމާތު ދެއެެވެ.

މީނާލް ނުފެންނާތީ އޭނަ ހޯދުމުގެ މަސައްކަތް މުޅި ރަށުގެ ރައްޔިތުންނާއި ފުލުހުން ކުރިއެވެ.

comment ކޮމެންޓް