ތިނަދޫ ފަޅު ހިއްކައިގެން އަޅާ އެއާޕޯޓުގެ މަސައްކަތް ފެށުން ލަސްވާތީ ކައުންސިލުން ކަންބޮޑުވެއްޖެ

ތިނަދޫ އެއާޕޯޓު ތަރައްގީކުރަން ޕޭން ޕެސިފިކްއާ އެކު ފަހުމުނާމާއެއްގައި ސޮއިކުރުމުގެ ތެރެއިން -- ސަން ފޮޓޯ

ގދ. ތިނަދޫ ފަޅު ހިއްކައިގެން އަޅާ އެއާޕޯޓުގެ އަމަލީ މަސައްކަތް ފެށުން ލަސްވާތީ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީ ވަނީ ފަތުރުވެރިކަމަށް ތިނަދޫ ހުޅުވާލުމަށް ދިމާވާ އެންމެ ބޮޑު މައްސަލައަކީ އިންޓަނޭޝަނަލް އެއާޕޯޓެއް ސަރަހައްދުގައި ނެތުން ކަމަށް ފާހަގަކުރައްވައިފައެވެ.

މޭޔަރު ސައުދު ވިދާޅުވީ ތިނަދޫ ސަރަހައްދުގައި އިންޓަނޭޝަނަލް އެއާޕޯޓެއް ގާއިމްކުރުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އިތުރުން ކުރީ ސަރުކާރުގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ވެސް ވައުދުވެވަޑައިގެންނެވި ކަމަށެވެ.

އަދި އަދުގެ ރައީޫސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ވަނީ މިކަން ގަރާރަކުން ނިންމާފައިކަން މޭޔަރު ވަނީ ފާހަގަކުރައްވާފައެވެ.

"ދެރަވާ ކަމަކީ އެއާޕޯޓުގެ އަމަލީ މަސައްކަތް ފެއްޓޭނެ ދުވަހެއް ފައްޓާނެ ދުވަހެއް ވެސް މަސައްކަތް ގޮސްފައި އޮތް ހިސާބެއް ވެސް ރައްޔިތުންނަށް ސާފެއް ނުވޭ،" މޭޔަރު ސައުދު ވިދާޅުވިއެވެ.

https://sun.mv/188918

މޭޔަރު ވިދާޅުވީ މަސައްކަތްކުރަނީ ވީހާ ވެސް އަވަހަށް މަސައްކަތް ފެއްޓުމަށް ސަރުކާރާ މަޝްވަރާ ކުރަން ކަމަށެވެ. އަދި ތިނަދޫ އެއާޕޯޓުގެ މަސައްކަތް ފެށޭ ދުވަހަކީ އެ ރަށުގައި ހުރި ބިންތައް ފަތުރުވެރިކަމަށް ހުޅުވާލާނެ ދުވަސް ކަމަށް މޭޔަރު ސައުދު އަލީ ވަނީ ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަނީ އަމަލީ މަސައްކަތް ފެށޭ ދުވަހުން ފެށިގެން ގިނަވެގެން ދެ އަހަރު ތެރޭގާ ތިނަދޫގައި ފަޅު ހިއްކައިގެން ބައިނަލްއަގްވާމީ ފެންވަރުގެ އެއާޕޯޓެއް ތަރައްގީކުރުމުގެ މަޝްރޫއު ނިންމާނެ ކަމަށް ވިދާޅުވެފައެވެ. އަދި 50 ހެކްޓަރުގެ ބިން ތިނަދޫއިން ހިއްކާނެކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް