ރޭގެ މާރާމާރީއާ ގުޅިގެން އިތުރު 2 މީހުން ހައްޔަރުކޮށްފި

މާޗް 5، 2021: ފުލުހުންތަކެއް: ރޭ މާލޭގައި ހިނގި މާރާމާރީއާ ގުޅިގެން އިތުރު ދެ މީހުން ވަނީ ހައްޔަރުކޮށްފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރޭ ދަރުބާރުގެ ކައިރީގައި ހިނގި މާރާމާރީއާ ގުޅިގެން އިތުރު ދެ މީހުން މިއަދު ހައްޔަރުކޮށްފިއެވެ.

މާލޭ އަމީނީ މަގުން ދަރުބާރުގެ ކައިރީ މާރާމާރީއެއް ހިނގައިގެން އުޅޭ ކަމަށް ފުލުހުންނަށް ރިޕޯޓުކުރީ ރޭ 22:30 އެހާކަންހާއިރެވެ. އެ ހާދިސާގައި އެކަކު ވަނީ ޒަޚަމުކޮށްލައިފައެވެ. އެ މީހާގެ ހާލު ސީރިއަސް ނޫން ކަމަށް ސެނަހިޔާ ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނެއެވެ.

ފުލުހުން ރޭ ވަނީ އެ މައްސަލައިގައި ތުހުމަތުކުރެވޭ ދެ މީހަކު ހައްޔަރުކޮށްފައެވެ.

ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، އެ މައްސަލައާ ގުޅިގެން އިތުރު ދެ މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އެހެންވެ، ރޭ ހިނގި މާރާމާރީގެ މައްސަލައިގައި ހައްޔަރުކުރި މީހުންގެ އަދަދު ވަނީ ހަތަރަކަށް އަރައިފައެވެ.

https://sun.mv/193267

ރޭގެ މާރާމާރީއާ ގުޅިގެން ހައްޔަރުކުރި އެންމެންނަކީ ވެސް ދިވެހި ފިރިހެނުންނެވެ. އެކަމަކު، އެ މީހުންނާ ގުޅޭ އަދި، އެ ހާދިސާއާ ގުޅޭ ވެސް އިތުރު ތަފުސީލެއް ފުލުހުން ހިއްސާކޮށްފައެއް ނުވެއެވެ.

ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.

ފުލުހުންގެ ތަފާސްހިސާބުން ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް މީހުންނަށް ޖިސްމާނީ ހަމަލާ ދިނުމުގެ 313 އަށްވުރެ ގިނަ މައްސަލަ ރިޕޯޓުކޮށްފައިވެއެވެ.

comment ކޮމެންޓް