ރަށު ޕިކަޕު ގަންނަން ދެ ލައްކަ ހޭދަވިގޮތް ބަލައި ފިޔަވަޅު އަޅާނަން: ފުވައްމުލަކު މޭޔަރު

ފުވައްމުލަކު ސިޓީ: އެ އެއާޕޯޓު ބޮޑުކުރުމުގެ މަޝްވަރާތައް ވަނީ ފަށާފައި -- ފޮޓޯ/ ފުވައްމުލައް އެއާޕޯޓު؛ ފޭސްބުކް

ފުވައްމުލައް ސިޓީ ކައުންސިލް އިދާރާގައި ބޭނުންކުރަން ރަށު ޕިކަޕެއް ހޯދަން ދެ ލައްކަ ރުފިޔާއަށްވުރެ ބޮޑު ޚަަރަދެއް ހިނގީ ކިހިނެއްތޯ ބަލައި ފިޔަވަޅު އަޅާނެ ކަމަށް އެ ސީޓީގެ މޭޔަރު އިސްމާއިލް ރަފީގު މިއަދު ވިދާޅުވެއްޖެއެވެ.

އޮޑިޓް އޮފީހުން ވަނީ ފުވައްމުލައް ކައުންސިލުގެ 2022ވަނަ އަަހަރުގެ އޮޑިޓް ރިޕޯޓު އާންމުކޮށްފައެވެ.

އެ ރިޕޯޓުން އެނގޭ ގޮތުގައި އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ފާހަގަވެފައިވަނީ ކައުންސިލާއި ކޮރަލް ހޯލްޑިންގްސް އެންޑް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމެކެވެ. ރަށު ޕިކަޕެއް ހޯދަން 16 ޖޫން 2022 ވަނަ ދުވަހު ސޮއިކުރި އެ އެއްބަސްވުމުގެ ދަށުން 227،900 އެ ހޯދަން ޚަރަދުކޮށްފައިވެއެވެ.

އެ ކަމާ ގުޅޭގޮތުން "ސަން"އާ ވާހަކަދައްކަވަމުން ރަފީގު ވިދާޅުވީ، އޭރު ކައުންސިލަށް ގެނައި ރަށު ޕިކަޕަކީ ވެސް ސްޕެސިފިކޭޝަނަށް ފެތޭ އެއްޗެއް ނޫން ކަމަށެވެ.

https://sun.mv/193008

"އަޅުގަނޑަށް މި ވަގުތު ދެންނެވެން އޮތީ އެ ކަމުގައި މައްސަަލައެއް ވާނަމަ ބަލާފައި ފިޔަވަޅު އަޅާނަމޭ. މި ވަގުތު ވެސް އިދާރީ ގޮތުން އެކަމުގައި މަޝްވަރާކުރެވެމުން ދަނީ. ނަމަވެސް އަދި އަމަލީ ގޮތުން ފިޔަވަޅު ނޭޅޭ،" އޭނާ ފާހަގަކުރެއްވިއެވެ.

އޮޑިޓު ރިޕޯޓުގައި ވަނީ އެ ވެހިކަލް ހޯދުމަށް ބޭނުންވާ ސައްހަ މައުލޫމާތު، މައުލޫމާތު ޝީޓުގައި ހިމަނާފައިނުވާ ކަމަށް ބުނެފައެވެ. އަދި، މައުލޫމާތު ޝީޓުގައި ކޮންމެހެން ހުންނަންޖެހޭ ލިޔުންތައް ނެތި ބިޑު ބަލައިގަތުން ވެސް ވަނީ މައްސަލަައެއްގެ ގޮތުގައި ފާހަގަކޮށްފައެވެ.

ހަމައެއާއެކު ސަޕްލައިކޮށްފައިވަނީ ކައުންސިލުން އެދުނު ސްޕެސިފިކޭޝަންގެ ވެހިކަލް ނޫންކަމަށް ވެސް ރިޕޯޓުގައިވެއެވެ.

އަދި، އިތުރަށް 194،900 ޚަރަދުކުރަން ޖެހުނީ ރަށު ޕިކަޕްގެ ބަދަލުގައި ބެޓަރީ ޕިކަޕް ޓްރަކެއް ގެނައުމުންކަމަށް ވެސް ރިޕޯޓުގައިވެއެވެ.

އޮޑިޓް ރިޕޯޓުތަކުން މީގެ ކުރިން ވެސް ވަނީ ކައުންސިލްތަކުގެ މިފަދަ ބައެއް މައްސަލަތައް ފެެންމަތިވެފައެވެ. ނަމަވެސް، އެ ކަންކަމާ ގުޅިގެން އެކަށީގެންވާ ފިޔަވަޅެއް ނޭޅެއެވެ.

comment ކޮމެންޓް