ފުވައްމުލަކު ބަނދަރު ސަރަޙައްދުން ޓޫރިޒަމަށް ބިން ކުއްޔަށް ދޫކުރަން ހުޅުވާލައިފި

ފުވައްމުލަކު ސިޓީ: ފުވައްމުލަކު ބަނދަރު ސަރަޙައްދުން ޓޫރިޒަމަށް ބިން ކުއްޔަށް ދޫކުރަން ހުޅުވާލައިފި -- ފޮޓޯ/ ފުވައްމުލައް އެއާޕޯޓު؛ ފޭސްބުކް

ފުވައްމުލަކު ބަނދަރު ސަރަޙައްދުން، ޓޫރިޒަމްގެ ބޭނުމަށް ބިން ކުއްޔަށް ދޫކުރަން ބީލަން ހުށަހެޅުމަށް ހުޅުވާލައިފިއެވެ.

ފުވައްމުލަކު ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި މިދިޔަ އަންގާރަ ދުވަހު އެ ފުރުސަތަށް ހުޅުވާލިއިރު، އެ ކައުންސިލުން ބުނީ އެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އެކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލާ ކަމަށެވެ.

ފުވައްމުލަކު ބަނދަރު ސަރަޙައްދުން ޓޫރިޒަމް ބޭނުމަށް ބިން ކުއްޔަށް ދިނުމަށް ހަމަޖެހިފައިވަނީ ބިޑު ޑޮކިއުމެންޓް ވިއްކައިގެންނެވެ. އެގޮތުން ބިޑް ޑޮކިއުމެންޓެއްގެ އަގަކީ 100 ޑޮލަރެވެ.

އެ ކައުންސިލުން ބުނީ ބިޑް ހުށަހެޅޭނީ ކަނޑައެޅިފައިވާ މުއްދަތުގައި ބިޑް ޑޮކިއުމެންޓް ގަނެފައިވާ ފަރާތްތަކަށް ކަމަށެވެ. އަދި ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެފަރާތެއްގެ ނަމުގައި އެއް ޕްރޮޕޯސަލް ކަމަށް އެ ކައުންސިލުން ވަނީ ބުނެފައެވެ.

ބިޑް ވިއްކުން އޮންނާނީ މިއަދު 11:00 އިން ފެށިގެން އަންނަ ހަފުތާގެ ބުދަ ދުވަހުގެ މެންދުރު 13:00 އަށެވެ.

ބިޑް ޑޮކިއުމެންޓް ގަތުމަށް ބޭނުންވާ ފަރާތްތަކުން އެ އިދާރާގެ ޕްރޮކިއުމަންޓް ޔުނިޓްގެ މެއިލްއަށް، ބިޑް ގަންނަން ބޭނުންވާ ކުންފުނީގެ ނަމާއި އެޑްރެސް، ފޯން ނަންބަރުގެ އިތުރުން އީމެއިލް އެޑްރެސް މެއިލްކުރުމަށް ކައުންސިލުން ވަނީ އެދިފައެވެ.

ހަމައެއާއެކު ބީލަމާއި ގުޅޭ މައުލޫމާތު ބައްދަލުވުން އަންނަ ހަފުތާގެ ބުރާސްފަތި ދުވަހު 11:00 ގައި ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާގެ އަތޮޅުގެ މީޓިން ރޫމްގައި އޮންނާނެއެވެ.

އަދި ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ މި މަހުގެ 17 ވާ އަންގާރަ ދުވަހުގެ 09:00 ގައި ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާގައެވެ.

comment ކޮމެންޓް