ސްޓެލްކޯގެ ބޯޑަށް، އަބްދުރައްހީމްގެ ދަރިކަނބަލުން ސާޖިދާ

އަބްދުއްރަހީމް އަބްދުﷲގެ ދަރިކަނބަލުން މަރިޔަމް ސާޖިދާ --

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ ދަރިކަނބަލުން މަރިޔަމް ސާޖިދާ ސްޓެލްކޯގެ ބޯޑަށް އައްޔަންކޮށްފިއެވެ.

ސަރުކާރުގެ ކަރަންޓު ކުންފުނި ސްޓެލްކޯއިން އާންމުކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން ބޯޑު ޑިރެކްޓަރަކަށް ސާޖިދާ އައްޔަންކުރީ މިދިޔަ ހަފުތާގެ ހޯމަ ދުވަހުގައެވެ. އޭނާ އެ މަގާމަށް އައްޔަންކޮށްފައިވަނީ ނޮން އެގްޒެކެޓިވް ޑިރެކްޓަރެއްގެ ގޮތުގައެވެ.

ސާޖިދާ ވަނީ އިނގިރޭސިވިލާތުގެ ހާޓްފޯޑްޝަޔާ ޔުނިވާސިޓީން އެކައުންޓިން ދާއިރާއިން ބެޗެލާސް ޑިގްރީ ހާސިލުކުރައްވައި، އެގައުމުގެ ކޮވެންޓްރީ ޔުނިވާސިޓީން ބިޒްނެސް އެޑްމިނިސްޓްރޭޝަން ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލުކުރައްވައިފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، އަބްދުއްރަހީމްގެ ދަރިކަލުން، އިބްރާހީމް ފައިސަލްއަކީ ޓޫރިޒަމް މިނިސްޓަރެވެ.

ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ، އެ މަނިކުފާނު ވެރިކަމަށް އިންތިޚާބު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ.

comment ކޮމެންޓް