ބަނޑުގައި ސަރުބީ ގިނަވުމުން ހަނދާން ބަލިވާ ކަމަށް ދިރާސާއަކުން ދައްކައިފި

ބަނޑުގައި ސަރުބީ އުފެދި ބަނޑުގެ ސައިޒު ބޮޑުވާ ވަރަކަށް ސިކުނޑީގެ މެމޮރީ ސެންޓަރު ކުޑަވާކަމަށް އަލަށް ކުރެވުނު ދިރާސާއަކުން ވަނީ ދައްކާފައި--ފޮޓޯ/ސްކިޓެޗްޑެއިލީ

ބަނޑުގައި ސަރުބީ އުފެދި ބަނޑު ބޮޑުވާ ވަރަކަށް ހަނދާން ބަލިވާ ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

މިކަން ދިމާވަނީ މީހާގެ އުމުރުން 40 އަހަރާއި 50ގެ އަހަރުތަކުގެ ކުރީކޮޅު ކަމަށާއި މީގެ ކުރިން މިކަމުގެ އެއްވެސް އަލާމާތެއް ފެނުމުގެ މާ ކުރިން ކަމަށް ވެސް ސީއެންއެންގައި ޝާއިއުކޮށްފައިވާ ލިޔުމެއްގައި ވަނީ ބުނެފައެވެ. ހަނދާން ބަލިވާން ފެށުމުން ފެންނަން ފަށައި ބީޓާ އެމިލޮއިޑް އަދި ޓައު ނަމަކަށް ކިޔާ ސިގްނަލްތަކަކީ ހަނދާން ނެތޭ ބަލީގެ އަލާމާތްތައް ކަމަށް މި ދިރާސާގައި ވަނީ ބުނެފައެވެ.

ވޮޝިންޓަން ޔުނިވާސިޓީ ސްކޫލު އޮފް މެޑިސިންގެ ރޭޑިއޮލޮޖީ ޑިޕާޓްމަންޓްގައި އެސިސްޓެންޓް ޕްރޮފެސަރެއްގެ ގޮތުގައި މަސައްކަތްކުރާ ޑރ. ސައިރަސް ރާޖީ ވިދާޅުވި ގޮތުގައި އަމިލޮއިޑު އަދި ޓައުގެ އަލާމާތްތައް ފެންނަ ވަރަކަށް ސިކުނޑި ބަލިކަށިވުމުގެ ފުރުސަތު ބޮޑުވެއެވެ. ސިކުނޑީގެ ލޭ ދައުރުވުން ދަށްވުމަކީ ވެސް ސިކުނޑި ބަލިކަށިވުމުގެ އަލާމާތް ދެނެގަނެވޭނެ ކަމެއް ކަމަށް ސައިރަސް ރާޖީ ވަނީ ވިދާޅުވެފައިވެއެވެ.

ބަނޑު ބޮޑުވުމާއި ހަނދާން ނެތުމާ ގުޅުމެއްވާ ކަމަށް ދިރާސާއަކުން ވަނީ ދައްކާފައި -- ފޮޓޯ/ފޮކްސްނިއުސް

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ލަފާކުރާ ގޮތުގައި ދުނިޔޭގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މީހުން 10 އަހަރުގެ ތެރޭގައި ބަރުދަން އިތުރުވުން ނުވަތަ ފަލަވެއެވެ. މި ކަމަށް ވަގުތުން ފިޔަވަޅު ނާޅައިފިނަމަ 2025 ވަނަ އަހަރާ ހަމައަށް އެމެރިކާގެ ގާތްގަނޑަކަށް 260 މިލިއަން މީހުން ހުންނަންޖެހޭ ވަރަށްވުރެ ފަލަވާނެ ކަމަށް މި ދިރާސާއިން ވަނީ ލަފާކޮށްފައެވެ.

"ކޮންޒަވޭޓިވް ކޮށް، ޑިމެންޝިއާގެ ރިސްކް ފެކްޓަރެއްގެ ގޮތުގައި އޮބޭސިޓީއަކީ އެމެރިކާގެ ބޮޑެތި މީހުންގެ ތެރެއިން މަދުވެގެން އެއް ޕަސެންޓަށް އަސަރު ކުރާ ކަމެއް، އޭގެ މާނައަކީ ދެ މިލިއަނަށް ވުރެ ގިނަ މީހުންނަށް އަލްޒައިމާސް ޑިޒީޒްގެ ސަބަބުން ޑިމެންޝިއާ ޖެހިދާނެ،" ޑރ. ސައިރަސް ރާޖީ ވިދާޅުވިއެވެ.

މިއީ އާންމު ސިއްހަތަށް ދިމާވެފައިވާ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށާއި ޢުމުރުން 40 އާއި 50ގެ އަހަރުތަކުގައި ފަލަބައްޔަކީ ހަނދާން ނެތޭ ބައްޔަށް ހުށަހެޅޭ ކަމެއް ކަމަށް ސައިރަސް ރާޖީ ވަނީ ވިދާޅުވެފައިވެއެވެ.

ރާޖީއާއި އޭނާގެ ޓީމުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ނެރުނު ޕައިލެޓް ދިރާސާއަކުން ދައްކާ ގޮތުގައި ވިސެރަލް ފެޓް ނަމަކަށް ކިޔާ ބަނޑުގެ ފެޓްގެ ބާވަތެއް، އުމުރުން 40 އަހަރާއި 50 އަހަރުން މަތީގެ 32 ފިރިހެނުންނާއި އަންހެނުންގެ ސިކުނޑީގައި އިންފްލެމޭޝަންއާއި އެމިލޮއިޑް އުފެދުމާ ގުޅިފައިވެއެވެ.

އަލްޒީމާއަކީ ޑިމެންޝިއާގެ އެންމެ އާއްމު ވައްތަރު--ފޮޓޯ/އެމްއެސްއެން

މި ދިރާސާއިން ޓައު ހުރިކަން ކަށަވަރުވެފައިނުވި ނަމަވެސް ކްލީވްލޭންޑް ކްލިނިކުން ބުނި ގޮތުގައި ވިސެރަލް ފެޓް ހަށިގަނޑުގެ ބޮޑެތި ގުނަވަންތަކުގެ ވަށައިގެން ވަށާލާއިރު، ހަށިގަނޑުގެ އެހެން ހިސާބުތަކުގައި ހުންނަ ސަބްކިއުޓެނިއަސް ފެޓަށް ވުރެ ތަފާތެވެ. ސަބްކިއުޓެނިއަސް ފެޓަކީ އާންމުގޮތެއްގައި ހަށިގަނޑުގެ ސަރުބީގެ 90 އިންސައްތައެވެ.

ވިސެރަލް ފެޓަށް ގިނައިން ލޭ ދައުރުވަނީ ގުނަވަންތައް ކައިރީގައި ބެހެއްޓުމުގެ ސަބަބުން ކަމަށާއި ސަބްކިއުޓެނިއަސް ފެޓަށް ވުރެ ހޯމޯންލީ އެކްޓިވް ކަމަށް ޑރ. ރާޖީ ވަނީ ވިދާޅުވެފައެވެ.

ނިއުރޯޖަލިސްޓެއް ކަމަށްވާ ޑރ. ރިޗަޑް އައިޒަކްސަން ވިދާޅުވެފައިވާ ގޮތުގައި ބަނޑުގެ ސަރުބީ ވިރުވާލެވޭނެ ސްމާޓް ގޮތްތަކެއް ހުރިއިރު އެންމެ ފުރަތަމަ ކަމަކަށް ސަމާލުކަން ދޭންވީ ހަށިގަނޑުގެ ބަރުދަން ނުވަތަ ހަށިގަނޑުގެ ކޮމްޕޮޒިޝަނަށެވެ. އެގޮތުން، ބަޔޯމެޓްރިކް ސްކޭލްއެއް ނުވަތަ ސިއްހީ ޚިދުމަތްދޭ ތަންތަނުން އޯޑަރު ކުރެވެން ހުންނަ ޑެކްސާ ސްކޭނާއެއް ބޭނުންކޮށްގެން ވެސް މި ކަންކަން މޮނިޓާކުރެވިދާނެ ކަމަށް ރިޗަޑް ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް