މިޔަރެއް ދިން ހަމަލާއެއްގައި ޒަޚަމްވެ، ސިފައިންގެ ޒުވާނަކު ނިޔާވެއްޖެ

ނިޔާވި ލާންސްކޯޕްރަލް މުހައްމަދު ޒައިދާން: އޭނާ ނިޔާވީ މިޔަރެއް ހަމަލާ ދިނުމުން، ލ. ގަމު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެނިކޮށް -- ފޮޓޯ/ އެމްއެންޑީއެފް

އެމްއެންޑީއެފްއިން ލ. ކައްދޫގައި ކުރިއަށްގެންދިޔަ ތަމްރީނެއްގެ ތެރެއިން ސިފައިންގެ އޮފިސަރަކަށް މިޔަރެއްގެ ހަމަލާއެއްގައި އަނިޔާވެ، ނިޔާވެއްޖެއެވެ.

އެމްއެންޑީއެފުން ބުނީ ނިޔާވީ، ރ. އުނގޫފާރަށް ނިސްބަތްވާ ލާންސްކޯޕްރަލް މުހައްމަދު ޒައިދާން ކަމަށެވެ.

ޒައިދާނަށް މިޔަރު ހަމަލާ ދިނީ، ލ. މާވަށް ކައިރީ މޫދުގައި ތަމްރީނުގެ ބައެއް ކުރިއަށްދަނިކޮށް ކަމަށް ސިފައިން ބުންޏެވެ.

އޭނާ ނިޔާވީ ލ. ގަމު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް މިރޭގެ 20:40 ހާއިރެވެ.

"ސަން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ގަމު ހޮސްޕިޓަލުގައި ޒައިދާނަށް ފަރުވާ ދިނީ އައިސީޔޫގައެވެ. އަދި ހަމަލާގެ ސަބަބުން ވަރަށް ގިނައިން ލޭ އަޅަންޖެހުނު ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

ރާއްޖޭގައި މިޔަރުގެ ހަމަލާތަކުގައި އަނިޔާވުމުގެ ހާދިސާތައް ދޭތެރެއަކުން ހިނގައެވެ.

comment ކޮމެންޓް