އާ އުދަބާނި ފިލްމުގެ ޓައިޓަލް ޕޯސްޓަރެއް

ޑައިރެކްޓަރު އަމްޖަދު އިބްރާހީމް (އަމްޖޭ) 2009 ވަނަ އަހަރު ނެރުނު ބިރުވެރި ފިލްމު "އުދަބާނި"ގެ ދެވަނަ ބައިގެ ޓައިޓަލް ޓީޒަރެއް އާންމުކޮށްފިއެވެ.

އުދަބާނި ނަމުގައި ނެރުނު ވާހަކައަކަށް ބިނާކޮށް 2009ގައި ނެރުނު ބިރުވެރި ޑްރާމާ ފިލްމަކީ އެ އަހަރު އޮލިމްޕަހުގައި އެންމެ ބޮޑު މަގުބޫލުކަމެއް ހޯދި އެއް ފިލްމެވެ.

ފުރަތަމަ ފިލްމުގެ މަސައްކަތް ވެސް ކޮށްފައިވާ އަމްޖޭ މިހާރު ރެޑީ ވަނީ ފިލްމުގެ ދެވަނަ ބައެއް ނެރުމަށެވެ. ފިލްމުގެ ދެވަނަ ބައި ރިލީޒްކުރަން ގާތް ވެފައިވާއިރު މި ފިލްމަށް ކިޔާނެ އެންމެ ފަހުގެ ނަމެއް މީގެ ކުރީން ހާމަކޮށްފައެއް ނުވެއެވެ.

ނަމަވެސް، ދާދި ފަހުން އާންމުކުރި ޓީޒަރެއްގައި ވަނީ ފިލްމުގެ ޓައިޓަލް އާންމުކޮށްފައެވެ. އާ ފިލްމަށް ކިޔާނީ "އުދަބާނި 2" އެކެވެ. އަދި، މި ފިލްމުގެ ޓައިޓަލް ޕޯސްޓަރެއް ވެސް ވަނީ ޓީޒަރުން އާންމުކޮށްފައެވެ.

https://www.facebook.com/61559979536377/videos/468275515853067

'އުދަބާނި 2'ގެ ގިނަ މަސައްކަތްތަކެއް މިހާރު ހުރީ ނިމިފައެވެ. އެގޮތުން، އަމްޖޭގެ ޓީމުން މިހާރު އަމާޒު ހިފާފައިވަނީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 15 އިން ފެށިގެން ފިލްމު ދައްކަން ފެށުމަށެވެ.

ފުރަތަމަ ފިލްމާ އަޅާ ބަލާއިރު ކޮލިޓީގެ ގޮތުން ދެވަނަ ފިލްމަކީ ވަރުގަދަ ފިލްމަކަށް ހެދުމަށް ޓީމުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ދެވަނަ ފިލްމުގެ ބަތަލެއްގެ ގޮތުގައި ފެންނާނީ އަހްމަދު އީސާ (އާނަންދު)އެވެ. ބަތަލާއެއްގެ ގޮތުގައި ފާތިމަތު ޝުހާއެވެ. މީގެ އިތުރުން އަލީ އާޒިމް (ދޮން އައްޔަ) ނަތާޝާ، ޝަމީލް، މަރިޔަމް ހަލީމް، ޝަކީލާ އަދި ވަހީދު ހިމެނެއެވެ. މި ފިލްމުގެ މަންޒަރުތައް ނަގާފައިވަނީ ރ. އަތޮޅު މާކުރަތުގައެވެ. މިއީ ފުރަތަމަ ފިލްމު ވެސް ޝޫޓު ކޮށްފައިވާ ރަށެވެ.

comment ކޮމެންޓް