އެޗްޑީސީގެ ޗެއާމަން ޒުހޫރު މަގާމުން ވަކިކޮށްފި

އެޗްޑީސީގެ ޗެއާމަން އަހުމަދު ޒުހޫރު --

ހައުސިން ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޗެއާމަންގެ މަގާމުން އަހުމަދު ޒުހޫރު ވަކިކޮށްފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ)ން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ޒުހޫރު އެޗްޑީސީގެ ޗެއާމަންގެ މަގާމުންނާއި ބޯޑުގެ ޑިރެކްޓަރު ކަމުން މިއަދުން ފެށިގެން ވަކިކޮށްފައިވާ ކަމަށެވެ. ނަމަވެސް ވަކިކުރި ސަބަބެއް ހާމަކޮށްފައިނުވެއެވެ.

އެޗްޑީސީގެ ޗެއާމަންގެ މަގާމަށް ޒުހޫރު އައްޔަން ކުރީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައެވެ.

ޒުހޫރު ވަނީ މީގެ ކުރިން ސަރުކާރާއި ދައުލަތުގެ ކުންފުނިތަކުގައި އިސް މަގާމުތަކެއް ފުރުއްވައިފައެވެ. އެގޮތުން ޔޫތު މިނިސްޓަރު ކަމާއި ހެލްތު މިނިސްޓަރު ކަމާއި ހޯމް މިނިސްޓަރު ކަމާއި ރައީސް އޮފީހުގެ މިނިސްޓަރުކަން ވެސް އޭނާ ކުރައްވައިފައިވެއެވެ.

މީގެ އިތުރުން ކަސްޓަމްސްގެ ކޮމިޝަނާ ޖެނެރަލް ކަމާއި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުކަން ވެސް ޒުހޫރު ކުރެއްވިއެވެ.

އިއްޔެ ޕީސީބީން ވަނީ ސަރުކާރުގެ މަސް ކުންފުނި މިފްކޯގެ ސީއީއޯ އަހުމަދު ސަމާހު ރަޝީދު މަގާމުން ވަކިކޮށްފަައެވެ. ނަމަވެސް މިއަދު އޭނާ ވަނީ ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް އައްޔަންކޮށްފައެވެ.

https://sun.mv/192299

މީގެ އިތުރުން މިއަދު ޕީސީބީން ވަނީ އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ފާތިމަތު ތައުފީގު އެ މަގާމުން ވަކިކޮށްފިއެވެ. އޭގެ ކުރިން، އެމްއެމްޕީއާރުސީގެ ޗެއާޕާސަން އައިޝާ ނޫރައިން ޖަނާހު ވަނީ އިއްޔެ މަގާމުން އިސްތިއުފާ ދެއްވައިފައެވެ.

comment ކޮމެންޓް