ގައުމިއްޔަތު ކިޔަވައިދޭ ޓީޗަރުން ތަމުރީނުކުރަން މި ހަފުތާގައި ފަށަނީ

ދަރިވަރުންތަކެއް: މި ހަފުތާގައި ގައުމިއްޔަތު ކިޔަވައިދޭ ޓީޗަރުން ތަމުރީނުކުރަން ފަށާނެ -- ސަން ފޮޓޯ/ މުޙައްމަދު މާވީ

ވަކި މާއްދާއެއްގެ ގޮތުގައި ގައުމިއްޔަތު ކިޔަވައިދޭން ފަށަން މި ހަފުތާގައި ޓީޗަރުން ތަމްރީނުކުރުން ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ މީޑީއާ އޮފިޝަލް މިއަދު "ސަން"އަށް ވިދާޅުވީ، އަންނަ އާދިއްތަ ދުވަހު ފަށާ ދިރާސީ އާ އަހަރާ އެކު ސްކޫލުތަކުގައި ގައުމިއްޔަތު ކިޔަވައިދޭން ފަށާނެ ކަމަށެވެ.

ގައުމިއްޔަތު މާއްދާ ރަސްމީކޮށް މަންހަޖުގައި ހިމެނުމުގެ ކުރިން 11 ސްކޫލެއްގައި ވަނީ ޕައިލެޓް ޕްރޮގްރާމެއް ގޮތަށް މި މާއްދާ ކިޔަވައިދީފައެވެ. މި ޕްރޮގްރާމްގެ ތެރެއިން ގައުމިއްޔަތު ކިޔަވައިދީފައިވަނީ ގްރޭޑް ހަތަރެއްގެ ދަރިވަރުންނަށެވެ.

https://sun.mv/187454

މިކަމާ ގުޅީގެން މީގެ ކުރިން އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވީ، ގައުމިއްޔަތުގެ އެކިއެކި ބަހާތަކާއި މުހިއްމު ސިފަތައް އެހެން މާއްދާތަކުގެ ތެރެއިން މިހާރު ވެސް ގައުމިއްޔަތު ކިޔަވައިދިނުން ކުރިއަށް ގެންދެވޭ ކަމަށެވެ.

މި ސަރުކާރުން ގައުމިއްޔަތު ދިރުވާ އާލާކުރުމަށް ޚާއްސަ ސަމާލުކަމެއް ދެއެވެ. އެގޮތުން، ގައުމިއްޔަތު ވަކި މާއްދާއެއްގެ ގޮތުގައި ސްކޫލުތަކުގައި ކިޔަވައިދޭން ފެށުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

ގައުމީ ލޯބި ދަރުވަރުންގެ ހިތްތަކުގައި ދިރުވައި އާލާކުރުމަށް ކޮންމެ ދަންފަޅިއެއްގެ ކިޔެވުން ފަށާއިރު ގައުމީ ސަލާމުން ފައްޓަން ވެސް މި ސަރުކާރުން ނިންމިއެވެ.

comment ކޮމެންޓް