ތަރައްގީގެ މަޝްރޫއުތަކަށް ޚާއްސަ ޑިވެލޮޕްމަންޓް ބޭންކު އުފައްދައިފި

ރައީސް ޑރ. މުޙައްމަދު މުއިއްޒު -- ފޮޓޯ/ ރައީސް އޮފީސް

ސަރުކާރުގެ މުހިންމު ތަރައްގީގެ މަޝްރޫއުތަކަށް ޚާއްސަ ޑިވެލްޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު އުފައްދަވައިފިއެވެ.

ރައީސް އޮފީހުން ބުނީ މި ކުންފުންޏަކީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދެމެހެއްޓެނިވި އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް އިންވެސްޓުކުރުމާއި، ޢުމްރާނީ ތަރައްޤީއަށް ބޭނުންވާ ފައިސާ ހޯދާނެ ކުންފުންޏެއް ކަމަށެވެ.

އަދި ސިންޑިކޭޝަން ފައިނޭންސް މެދުވެރިކޮށް ޕީއެސްއައިޕީ މަޝްރޫއުތަކަށް ފައިސާ ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތައް ޙައްލުކުރުމާއި، ދިވެހިރާއްޖޭގެ ބޭންކިން ނިޒާމުގައި ބޭރު ފައިސާ ބެހެއްޓުމުގެ ޝައުޤުވެރިކަން އިތުރުކުރުމުގެ ބޭނުމުގައި އުފެއްދެވި ކުންފުންޏެއް ކަމަށެވެ.

https://sun.mv/187043

މިއީ 100 އިންސައްތަ ދިވެހި ސަރުކާރުގެ ހިއްސާ އޮންނަ ކުންފުންޏެކެވެ.

މި ބޭންކު އުފައްދަން ކެބިނެޓުގައި މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭ ވަނީ މަޝްވަރާކޮށްފައެވެ.

ޑިވެލޮޕްމެންޓް ބޭންކުތަކަކީ، ގައުމުގައި އިންޑަސްޓްރީތަކާއި، ވިޔަފާރިތައް އުފައްދާ، ކުރިއެރުވުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދޭ ބޭންކުތަކެވެ. އެގޮތުން ވިޔަފާރިތައް ފަށައިގަތުމަށް ބޭނުންވާ ލޯނާއި އެހެނިހެން މާލީ އެހީތެރިކަން ވެސް ޑިވެލޮޕމަންޓް ބޭންކުތަކުން ފޯރު ކޮށްދޭނެއެވެ.

comment ކޮމެންޓް