އިގުތިސާދީ ދުވެލި ދަށް، ފަތުރުވެރިން ހޭދަކުރާ ދުވަސް މަދުވުމަކީ ސަބަބެއް: އެމްއެމްއޭ

މާޗް 29، 2021: ފަތުރުވެރިން ރާއްޖެ އައުން: ފަތުރެރިން ރާއްޖޭގައި ހޭދަކުރާ ދުވަސްތައް މަދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ލަފާކުރި ވަރަށް ވުރެ މިދިޔަ އަހަރުގެ އިގުތިޞާދީ ދުވެލި 4.7 އިންސައްތަ ދަށްވެފައިވާ ކަމަށް މަރުކަޒީ ބޭންކު (އެމްއެމްއޭ)ގެ އަހަރީ ރިޕޯޓުން ދައްކައިފިއެވެ.

އެމްއެމްއޭގެ އަހަރީ ރިޕޯޓުގައި ވާގޮތުން، އަންދާޒާކުރި ވަރަށް ވުރެ އިގުތިޞާދީ ދުވެލި ދަށްވެފައިވަނީ ކޮންސްޓްރަކްޝަން ދާއިރާ އަދި ފަތުރުވެރިކަމުގެ ދާއިރާ އަންދާޒާކުރި ވަރަށް ކުރި ނޭރުމުންނެވެ.

މިދިޔަ އަހަރުގެ އިގުތިޞާދީ ދުވެލި 4.7 އިންސައްތަ ދަށްވެފައިވާއިރު، 2022ވަނަ އަހަރު އިގުތިޞާދީ ދުވެލި ވަނީ 13.9 އިންސައްތަ ކުރިއަރާފައެވެ.

ސެޕްޓެމްބަރ 7، 2021: އެމްއެމްއޭއަށް މީހަކު ވަންނަނީ: އެ ބޭންކުން ބުނީ ލަފާކުރި ވަރަށް ވުރެ މިދިޔަ އަހަރުގެ އިގުތިސާދީ ކުރިއެރުން ދަށް ކަމަށް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިދިޔަ އަހަރު ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ މިންވަރު ދެ ޕަސަންޓު ދަށްވެފައިވާއިރު، ކޮންސްޓްރަކްޝަނާ ގުޅޭ އިޕްމޯޓުތައް ވަނީ ހަތް އިންސައްތަ އިތުރުވެފައެވެ. ކުރިން 2022ވަނަ އަހަރު ފަތުރުވެރިން ރާއްޖެ ޒިޔާރާތްކުރި މިންވަރު ވަނީ 27 އިންސައްތަ ކުރިއަރާފައެވެ.

އެމްއެމްއޭގެ ރިޕޯޓުގައި ވާގޮތުން ފަތުރުވެރިކަމަށް ދަށްވުމެއް އައީ ރާއްޖޭގައި ފަތުރުވެރިން ހޭދަކުރާ ދުވަސް މަދުވުމުންނެވެ. ނަމަވެސް، މިދިޔަ އަހަރު މަސްވެރިކަމާއި ފައިނޭޝަލް ސެކްޓާ އަދި ޕްރައިވެޓް ސެކްޓާ ކްރެޑިޓް ވެސް ވަނީ މަތިވެފައެވެ.

މި ސަރުކާރުން ދަނީ، އިގުތިޞާދީ ދުވެލި ހަރުދަނާ ކުރުމަށް މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަމާޒަކީ ރާއްޖޭގެ ޖީޑީޕީ 12 ބިލިއަން ޑޮލަރަށް ހެދުން ކަމަށް މީގެ ކުރިން އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ވިދާޅުވިއެވެ.

comment ކޮމެންޓް