ސިފައިން ބޭލުވުމުގެ ހައިލެވެލް ކޯ ގްރޫޕްގެ ހަތަރުވަނަ ބައްދަލުވުން ނިއުދިއްލީގައި ބާއްވައިފި

ފޮރިން މިނިސްޓްރީ -- ސަން ފޮޓޯ/މުހައްމަދު މުޒައްޔިން ނާޒިމް

ރާއްޖެއާއި އިންޑިއާއާއި ދެމެދު ބާއްވާ ހައިލެވެލް ކޯ ގުރޫޕުގެ ހަތަރު ވަނަ ބައްދަލުވުން މިއަދު ނިއުދިއްލީގައި ކުރިއަށް ގެންގޮސްފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގައި ބޭއްވި މަޝްވަރާތަކުގައި ދެ ގައުމުން މިހާރު އެއްބާރުލުން ދެމުން ދާ ގޮތް މުރާޖަކޮށްފައިވާ ކަމަށެވެ.

ތަރައްގީއާއި ދިފާއީ އެއްބާރުލުން ހިމެނޭ ގޮތަށް ފުޅާ ދާއިރާއެއްގައި މަޝްވަރާތައް ކުރެވިފައިވާކަމަށް މިނިސްޓްރީން ބުނެއެވެ.

އެގޮތުން، ދެ ގައުމުގެ ފަރާތުން ފާހަގަކޮށްފައިވާ ގޮތުން އިންޑިއާ ސަރުކާރުން ތިން އޭވިއޭޝަން ޕްލެޓްފޯމްގެ ތެރެއިން އެންމެ ފަހު ޕްލެޓްފޯމްގައި ތިބި އަސްކަރީ މުވައްޒަފުން 10 މެއިގެ ނިޔަލަށް ބަދަލުކުރުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.

އަދި އެކަމުގެ ލޮޖިސްޓިކަލް ހުރިހާ އިންތިޒާމުތަކެއް ޝެޑިއުލްއާ އެއްގޮތަށް ކުރިއަށްދާކަން އެބައްދަލުވުމުގައި ވަނީ ފާހަގަކޮށްފައެވެ.

އެ ބައްދަލުވުމުގައި، އެއްބަސްވެފައި ވަނީ ހައި ލެވެލް ކޯ ގްރޫޕްގެ ފަސްވަނަ ބައްދަލުވުން މާލޭގައި ޖޫން، ޖުލައި މަހުގެ ތެރޭގައި ދެ ގައުމުން އެއްބަސްވާ ތާރީޚެއްގައި ބާއްވާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

comment ކޮމެންޓް