ރެޑްވޭވް ސަލީމްގެ ދެބަފައިން ގޮނޑި ކާމިޔާބުކުރައްވައިފި

އޭދަފުށީގައި 1000 ހައުސިން ޔުނިޓްގެ މަޝްރޫއެއް ފަށާނެ ކަމަށް ރައީސް ވިދާޅުވީ، އޭދަފުށީ މެންބަރު އަދި ޕީޖީ ލީޑަރު އަހުމަދު ސަލީމްގެ ކެމްޕެއިން ހަރަކާތެއްގައި -- ސަން ފޮޓޯ/ މޫސާ ނަދީމް

އޭދަފުށީ ދާއިރާގެ މިހާރުގެ މެންބަރު އަހުމަދު ސަލީމާއި މުލަކު ދާއިރާއަށް ވާދަކުރެއްވި އޭނާގެ ދަރިފުޅު އިބްރާހީމް ނައުފަލް މަޖިލީހުގެ ގޮނޑި ޔަގީންކުރައްވައިފިއެވެ.

ސަލީމާއި ނައުފަލް ވެސް މަޖިލީހަށް ވާދަކުރެއްވީ ވެރިކަން ކުރާ ޕީއެންސީގެ ޓިކެޓުގައެވެ.

މިހާތަނަށް ގުނާފައިވާ ވޯޓުން ދައްކާ ގޮތުގައި ސަލީމަށް 64.54 ޕަސެންޓް ވޯޓު ލިބިފައިވާއިރު އޭނާއާ އެންމެ ގާތުން ވާދަކުރި މިނިވަން ކެންޑިޑޭޓް އަބްދުﷲ ވިސާމަށް ލިބިފައި ވަނީ 34.56 ޕަސެންޓެވެ.

މުލަކު ދާއިރާއިން ނައުފަލް 61.52 ޕަސެންޓް ވޯޓު ހޯއްދެވި އިރު ދެން އެންމެ ގިނައިން ވޯޓު ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓް މޫސާ ޝިޔާމް އަބްދުﷲ އަލީއެވެ. އޭނާއަށް މިހާތަނަށް ލިބުނީ 37.74 ޕަސެންޓް ވޯޓެވެ.

ސަލީމް މިފަހަރު މަޖިލީހަށް އިންތިޚާބު ވެފައި ވަނީ ތިން ވަނަ ދައުރަކަށެވެ. އަދި މިއީ އެއް ދައުރެއްގައި ދެބަފައިން މަޖިލީހަށް ހޮވުނު ފުރަތަމަ ފަހަރެވެ.

comment ކޮމެންޓް