ހުޅުމާލެއިން ގެއްލުނު ކުޑަކުއްޖާ މާލެއިން ފެނިއްޖެ

ގެއްލިގެން ހޯދާ ކުޑަ އަންހެން ކުއްޖާ--

ހުޅުމާލެއިން ގެއްލިގެން އިއުލާންކުރި ކުޑަ އަންހެން ކުއްޖާ މިއަދު މާލެއިން ފެނިއްޖެއެވެ.

ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައިވަނީ 13 އަހަރުގެ އިޝަތު ޒީވާ ސަޢީދު މިއަދު 12:15 އެހާކަންހާއިރު މާލެއިން ފެނިފައިވާ ކަމަށާއި ކުއްޖާގެ ހާލު ރަނގަޅު ކަމަށެވެ.

ފުލުހުން ބުނީ އެ ކުއްޖާ އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް ރިޕޯޓުކޮށްފައިވަނީ ރޭ 07:45 ހާއިރުގައި ކަމަށެވެ.

ޒީވާ އެންމެ ފަހުން ފެނުނީ ރޭ އިރުއޮއްސި 06:00 ޖަހާކަންހާއިރު ހުޅުމާލޭ ދިރިއުޅެމުންދާ އެޕާޓުމެންޓުން ކަމަށް ވެސް އޭރު ފުލުހުން ބުންޏެވެ.

ކުޑަކުދިންނާއި ބޮޑު މީހުން ވެސް ގެއްލިގެން ހޯދުމަށް ފުލުހުން ދޭތެރެއަކުން އިއުލާންކުރެއެވެ. އެހެން ސަރަހައްދުތަކާ އަޅައި ބަލާއިރު މާލެ ސަރަހައްދުގައި އެފަދަ މައްސަލަތައް ގިނައިރު، އާންމު ގޮތެއްގައި ފުލުހުން އިއުލާން ކުރަނީ ގެއްލޭ ކުދިންނާއި މީހުން ހެޔޮ ހާލުގައި ތިއްބާ ފެނޭ ކަމަށެވެ.

comment ކޮމެންޓް