މާލޭގެ ރައްޔިތުންނަށް ގޯތިދޭން ނިންމި އުތުރުތިލަފަޅުގައި ދަނޑުވެރިކަން ކުރުމުގެ އެއްވެސް މާނައެއް ނެތް: އާޒިމް

ކެންޕޭން ހަރަކާތުގައި އާޒިމް ވާހަކަދައްކަވަނީ --- ފޮޓޯ/ އެމްޑީޕީ

މިދިޔަ ސަރުކާރުން މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ގޯތި ދޭން ނިންމާފައި އޮތް އުތުރުތިލަފަޅުގައި ދަނޑުވެރިކަން ކުރުމުގެ އެއްވެސް މާނައެއް ނެތްކަމަށް މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް މިރޭ ވިދާޅުވެއްޖެއެވެ.

އާޒިމް މިފަދައިން ވިދާޅުވެފައިވަނީ ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި އެމްޑީޕީ ޓިކެޓުގައި މާފަންނު މެދު ދާއިރާގެ ވާދަކުރައްވާ ހަސަން ޢިއާދު ސަލީމްގެ ކެންޕޭން ހަރަކާތުގައި ވާހަކަދައްކަވަމުންނެވެ.

އޭނާ މިހެން ވިދާޅުވިއިރު އުތުރުތިލަފަޅުގައި ބިން ހިއްކައި، ދަނޑުވެރިކަން ކުރާނެ ޒޯނެއް ތަރައްގީކުރުމުގެ މަސައްކަތް މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވަލޮޕްމެންޓް ފްރީ ޒޯން (އެމްއައިޑީ)އިން ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ (ސީއެޗްއީސީ)އާ ސަރުކާރުން މިހާރުވަނީ ހަވާލުކޮށްފައެވެ.

https://sun.mv/190360

ކެމްޕޭން ހަރަކާތުގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ 50 އަހަރު ވީއިރު ވެސް މާލޭ ރައްޔިތުންނަށް ޚާއްސަަކޮށް ބޯހިޔާވަހިކަމުގެ މަސައްކަތެއް ނުހިންގާ ކަމަށެވެ. އެހެން އޮއްވައި އެމްޑީޕީގެ މިދިޔަ ސަރުކާރުން ބޯހިޔާވަހިކަމުގެ ސިޔަސާތެއްގެ މަސައްކަތްތަކެއްކޮށް، ސަރުކާރު ނިމުން އިރު އޮތީ ހުރިހާ މަޝްރޫއެއް ނިމުމަކާ ގާތްވެފައި ކަމަށް ވިދާޅުވިއެވެ.

"އެއީ ހުޅުމާލެ ފޭސް ތިނެއް، ހުޅުމާލެ ފޭސް ދެއަކުން ގޯތި ދެވިފަިއި ވަނީ، ގުޅީފަޅުން ގޯތި ދެވިފައި ވަނީ. އަދި ހަމަ ގިރާވަޅުފަޅުން ގޯތި ދެވިފައި ވަނީ، ދަފްތަރުގެ ރައްޔިތުންނަށް ޓަކައި ކުދިކުދި ތަންތަނުގައި ތިބި މީހުންނަށް ޓަކައި މާލޭގައި 20 އަހަރު ދުވަހު ދިރިއުޅުނު މީހުންނަށް ޓަކައި އުތުރުތިލަފަޅުގައި ގޯތި ދިނުމަށް ޓަކައި ހުރިހާ ކަމެއް ނިންމައި 20،000 އެއްހައި މީހުން އޮތީ އެތަނަށް އެޕްލައިކޮށްފައި،" އާޒިމް ވިދާޅުވިއެވެ.

އެހެންވެ، މާލެ ރައްޔިތުންނަށް ގޯތި ދިނުމަށް ނިންމާފައި އޮތް ތަނެއްގައި ދަނޑުވެރިކަން ކުރުމުގެ އެއްވެސް މާނައެއް ނުފެންނަ ކަމަށާއި އެ ޕްރޮޖެކްޓު ރަސްމާލޭގައި ކުރިއަށް ގެންދިޔުމުން އެއްވެސް މައްސަލައެއް ދިމާވާނެ ކަމަށް ނުފެންނަ ކަމަށް އާޒިމް ވިދާޅުވިއެވެ.

ކެންޕޭން ހަރަކާތުގައި އާޒިމް ވާހަކަދައްކަވަނީ --- ފޮޓޯ/ އެމްޑީޕީ

އިތުރަށް ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ ކުރިއަށް އޮތް 100 އަހަރު ވެސް ރަސްމާލެއަށް މާލެއިން ހޮޅިއަކުން ވިޔަސް ޓަނަލަކުން ވިޔަސް ބްރިޖަކުން ގުޅާނުލެވޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

"އެވަރުގެ ތަނަަކަށް އަޅުގަނޑުމެން މާލޭގެ ރައްޔިތުން ގެންދިޔުމަށް ޓަކައި އެ މަސައްކަތް ކުރަނީ މާލޭގެ ރައްޔިތުން ނިކަމެތި ކުރުމަށް. އަޅުގަނޑުމެން ރަނގަޅު ސިޔާސަތެއް ގެނައިމަ އެ ސިޔާސަތު ބޮލައިލާ ޖަހާކަށް ނުޖެހޭ،" އާޒިމް ވިދާޅުވިއެވެ.

މާލޭގެ ރައްޔިތުން ބޭނުންވަނީ ބްރިޖަކުން ގުޅާލެވިފައިވާ އަވަށްތަކަކަށް ދިޔުމަށް ކަން ފާހަގަކުރައްވައި، އާޒިމް ވިދާޅުވީ އެމްޑީޕީގެ ސިޔާސަތަކަށް ވީ މާލެ ރައްޔިތުންގެ ހުވަފެން ހަގީގަތަކަށް ހަދައިދިނުން ކަމަށެވެ.

މީގެއިތުރުން، ބްރިޖަކުން ގުޅާލެވޭ ގޮތަށް އޮތް ބިންތަކެއް އޮތްވައި، ގުޅުވާ ނުލެވޭ ތަނަކަށް ރައްޔިތުން ގެންދިއުމަކީ 'ރައްޔިތުންނަށް ކުރެވޭ ޖެއްސުމެއް' ގޮތުގައި އާޒިމް ވަނީ ސިފަ ކުރައްވާފައެވެ.

އަދި އޭނާ ވަނީ ބްރިޖަކުން ގުޅާނުލެވޭ ތަނަކަށް ގެންގޮސްފިނަމަ ރައްޔިތުންނަށް ލިބޭނެ ގެއްލުންތަކަށް އަލިއަޅުވާލައްވައިލައްވައިފައެވެ. އަދި އާޒިމް ވިދާޅުވީ ކުރިއަށް އޮތް 30 އަހަރު ވެސް ރަސްމާލެ އާބާދު ނުކުރެވޭނެ ކަމަށެވެ.

comment ކޮމެންޓް