ޕިކަޕެއް ތެރޭ ހުތުރު ވައްތަރު ޖެއްސި މީހާ ހައްޔަރުކޮށްފި

ފުލުހުން މައްސަލައެއްގައި މީހަކު ހައްޔަރު ކުރަނީ: އިޖުތިމާއީ މިންގަނޑާ ހިލާފުވި މީހަކު މިއަދު ވަނީ ހައްޔަރުކޮށްފައި-- ސަން ފައިލް ފޮޓޯ

މާލޭ މަގުމަތީގައި، ޕިކަޕެއްގެ ތެރޭގައި އިޖުތިމާއީ މިންގަނޑުތަކާ ޚިލާފުވި މައްސަލައިގައި މިއަދު މީހަކު ހައްޔަރު ކޮށްފިއެވެ.

އިއްޔެ ސޯޝަލް މީޑިއާގައި ދައުރުވި ވީޑިއޯއަކާ ގުޅިގެން ފުލުހުން މިއަދު ހެނދުނު ވަނީ އެ މައްސަލަ ބަލަމުން އަންނަކަމާއި އެ އަމަލު ހިންގި މީހާ ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފައެވެ.

ފުލުހުން ފަހުން ބުނީ މި މައްސަލައިގައި ތުހުމަތުކުރެވޭ މީހާ މިހާރުވަނީ ހައްޔަރުކޮށްފައި ކަމަށެވެ. އެއީ 28 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.

އިތުރު ތަފުސީލެއް ނުދެއެވެ.

މީސްމީޑިއާގައި މިހާރު ދައުރުވާ ވީޑިއޯއިން ފެންނަނީ ދުވާލުގެ ވަގުތު، މީހަކު ޕިކަޕެއްގައި ހުރެ އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފު ވައްތަރުތަކެއް ޖައްސައި މަންޒަރެވެ. ޕިކަޕުގައި އޭނާގެ އިތުރުން ވެސް މީހަކު ހުއްޓެވެ. އަދި، ދައުރުވަމުން އަންނަ ވީޑިއޯގައި އެ ޕިކަޕުގެ ރަޖިސްޓްރީ ނަންބަރު ވެސް ފެނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް