ސަސްޕެންޝަންގައި ހުންނެވި އެޑިއުކޭޝަންގެ ޕީއެސް އިސްތިއުފާ ދެއްވައިފި

އެޑިއުކޭޝަން މިނިސްޓްރީގެ ޕީއެސްގެ މަގާމަށް އަޙްމަދު އައްޔަން ކުރައްވައި ކުރީގެ މިނިސްޓަރު ޑރ. އައިޝަތު އަލީ ލިޔުން ހަވާލު ކުރައްވަނީ-- ފޮޓޯ: އެޑިއުކޭޝަން

އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަޙްމަދު އަލީ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

ސިވިސް ސާވިސް ކޮމިޝަނުން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން މިދިޔަ މަހުގެ ތިން ވަނަ ދުވަހުން ފެށިގެން އަޙްމަދު ވަނީ ސަސްޕެންޑް ކޮށްފައެވެ.

އަޙްމަދު މިއަދު "ސަން" އަށް ވިދާޅުވީ އޭނާ މަގާމުގައި ދެމިހުރުމަށް މިހާރު ބޭނުން ނުވާތީ އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.

"މިއީ އަޅުގަނޑުގެ އަމިއްލަ ސަބަބުތަކެއް ހުރުމުގެ ސަބަބުން ނިންމި ނިންމުމެއް،" އަޙްމަދު ވިދާޅުވިއެވެ.

އޭނާ ސަސްޕެންޑް ކުރީ އޭނާގެ މައްޗަށް ތުހުމަތުކޮށް އަމިއްލަ ފަރާތަކުން ހުށަހެޅި މައްސަލަތަކެއްގެ ސަބަބުންނެވެ.

ޕާމަނަންޓް ސެކްރެޓަރީއަކީ އެ މިނިސްޓްރީއެއްގައި ހުންނަވާ ސިވިލް ސާވިސްގެ އެންމެ އިސް މުވައްޒަފެވެ. ދެހާސް ނަވާރަ ވަނަ އަހަރު ފަސް އަހަރުގެ މުއްދަތަކަށް އެ މަގާމަށް އައްޔަން ކުރައްވާފައިވާ އަޙްމަދަކީ ތައުލީމީ ދާއިރާގެ ގިނަ މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ.

comment ކޮމެންޓް