ފުވައްމުލަކުގައި އެކްސިޑެންޓެއް ހިނގައި ކުޑަ ކުއްޖެއްގެ ހާލު ސީރިއަސް ވެއްޖެ

ފުވައްމުލައް ސިޓީ / ފޮޓޯ: ޔުނެސްކޯ

ފުވަމުލަކުގައި އެކްސިޑެންޓެއް ހިނގައި ކުޑަ ކުއްޖެއްގެ ހާލު ސީރިއަށް ވެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިއަދު ބުނީ އެ އެކްސިޑެންޓްގައި އަނިޔާވެ، ހާލު ސީރިއަސް ވެފައިވަނީ، 14 އަހަރުގެ ފިރިހެން ކުއްޖެއްގެ ކަމަށެވެ.

ފުލުހުން ބުނީ، ސައިކަލަކާ އެކު ވެއްޓިފައި އޮތް ކުއްޖަކު ފެނިފައިވަނީ ރޭ ދަންވަރު 3:40 ކަންހާއިރު ޕެޓްރޯލް ކުރަން ނުކުމެ އުޅުނު ފުލުހުންނަށް ކަމަށެވެ. އެ ކުއްޖާ ފެނިފައިވަނީ އެރަށުގެ މާލެގަން ބަހާރު މަގާއި ގާޒީ މަގު ގުޅޭ ހިސާބުން ކަމަށް ފުލުހުން ބުންޏެވެ.

ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދިޔުމުން، ކުއްޖާގެ ޙާލު ސީރިއަސްކަމަށް ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ބުންޏެވެ.

މި މައްސަލަ އިތުރަށް ބަލައި ތަހުގީގު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

comment ކޮމެންޓް