ބިޑް ނުކޮށް ސަރުކާރަށް ޕްރޮޕޯސަލް ހުށަހެޅޭ އުސޫލު އުވާލައިފި

ރަށެއް ތަރައްގީކުރުމުގެ މަޝްރޫއު: ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ސަރުކާރުގެ މަޝްރޫތަކަށް ބިޑް ނުކޮށް، ޕްރޮޕޯސަލް ހުށަހެޅޭ ގޮތަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިހްގެ ސަރުކާރުން ހަދާފައިވާ އުސޫލު، ރައީސް ޑރ. މުޙައްމަދު މުއިއްޒު އުވާލައްވައިފިއެވެ.

އެ އުސޫލު އުވާލެއްވިކަން އިއްޔެ ގެޒެޓްގައި ވަނީ އިއުލާން ކޮށްފައެވެ. އެ އިއުލާންގައި ބުނެފައިވަނީ އިއްޔެއިން ފެށިގެން އެ އުސޫލު އުވާލާފައިވާ ކަމަށެވެ.

މިއީ ޞާލިހްގެ ސަރުކާރުން 2019 ވަނަ އަހަރު ހަދައި އަމަލު ކުރަން ފެށި އުސޫލެކެވެ. އެ އުސޫލުގެ ދަށުން ގިނަ ޕްރޮޖެކްޓްތަކެއް ކުންފުނިތަކާ ވަނީ ހަވާލު ކޮށްފައެވެ.

އާއްމު އުސޫލެއްގެ ދަށުން ސަރުކާރުން ހިންގާ މަޝްރޫތައް ހަވާލު ކުރަނީ އެ މަޝްރޫއެއް ހިންގުމަށް އިއުލާން ކުރުމުން ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅު ޕްރޮޕޯސަލްއެއް ހުށަހަޅާ ފަރާތެއް ބެލުމަށް ފަހުގައެވެ.

ކޮރަޕްޝަން ރާއްޖޭން ނައްތާލުމަކީ ރައީސް މުއިއްޒުގެ ވައުދެކެވެ. އެ މަނިކުފާން ވިދާޅުވެފައިވަނީ ސަރުކާރު ހިންގާނީ ކޮރަޕްޝަނަށް ފުރުސަތު ނުދީ ކަމަށެވެ.

comment ކޮމެންޓް