ހިޔާގައި މާރާމާރީ ހިންގީ އާއިލީ ކަމެއްގައި؛ އެކަކު ހައްޔަރުކޮށްފި

ހުޅުމާލޭ ދެވަނަ ފިޔަފަހި: ސަން ފޮޓޯ

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފުލެޓެއްގެ ތެރޭގައި ރޭ މީހަކަށް ހަމަލާދީ ޒަޚަމްކޮށްލީ އާއިލީ ހަމަނުޖެހުމެއްގައި ކަމަށާއި އެ މައްސަލައިގައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

މި މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ 19 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ރޭ ހިޔާ ފުލެޓުގެ ޓަވަރު ހައެއްގައި ހިނގި މާރާމާރީގައި ވަނީ އެކަކު ޒަޚަމްކޮށްލައިފައެވެ.

މި މާރާމާރީގައި އަނިޔާވި 22 އަހަރުގެ މީހާއަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ، މި މާރާމާރީ ހިނގާފާއިވަނީ އާއިލީ މައްސަލައެއްގައިކަން މިހާތަަނަށް ބެލި ބެލުމުން އެނގިފައިވާކަމަށެވެ.

މި މައްސަލަ އިތުރަށް ބަލައި ތަހުގީގު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ދުވަސްތަކެއް ވަންދެން ހަމަޖެހިފައި އޮތުމަށް ފަހު، މި ފަހުން އަނެއްކާ ވެސް ވަނީ މާރާމާރީތައް ވަރަށް ބޮޑަށް އިތުރުވެފައެވެ. ހާއްސަކޮށް މާލެ އާއި އައްޑޫގައި މާރާމާރީތައް ވަކިން އިތުރެވެ. އެގޮތުން، މާރާމާރީތަކަކާއި ގުޅިގެން، މާލެ ސަރަޙައްދުގައި ފުލުހުން ވަނީ ޚާއްޞަ އޮޕަރޭޝަންތައް ވެސް ފަށައިފައެވެ.

comment ކޮމެންޓް