އިންތިޚާބުތަކުގައި އެމްޑީޕީއާއި އަދާލަތު އެކުގައި މަސައްކަތް ކުރުމުގެ މަޝްވަރާތަކެއް

އައްޑޫގައި ބޭއްވި ރައީސްގެ ކެންޕޭން ޖަލްސާގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވާހަކަދައްކަވަނީ --- ފޮޓޯ/ އެމްޑީޕީ

މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރުމުގެ މަޝްވަރާތަކެއް ކޮށްފައި ވާކަމަށް އެމްޑީޕީން ބުނެފިއެވެ.

މިކަމާ ގުޅިގެން އެމްޑީޕީން ބުނީ ކުރިއަށް އޮތް އިންތިޚާބުތަކުގައި ދެ ޕާޓީ ގުޅިގެން ކުރެވިދާނެ ކަންކަން ދެނެގަތުމަށްޓަކައި ބައްދަލުވުންތައް ބޭއްވުމަށް ނިންމާފައި ވާކަމަށެވެ.

މިއަދުގެ ބައްދަލުވުމުގެ މާބޮޑު ތަފްސީލެއް ދެ ޕާޓިން ވެސް ދީފައެއް ނުވެއެވެ.

އަދާލަތު ޕާޓީއަކީ 2015 އަހަރުން ފެށިގެން އެމްޑީޕީއާއެކު ގިނަ ސިޔާސީ މަސައްކަތްތަކެއް ކޮށްފައިވާ ޕާޓީއެކެވެ. އެގޮތުން ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި ކޯލިޝަން ޕާޓްނަރެއްގެ ގޮތުގައި ދައުރު ނިމުމާ ހަމައަށް އަދާލަތު ޕާޓީ އޮތެވެ.

އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲއަކީ މިދިޔަ ސަރުކާރުގެ ހޯމް މިނިސްޓަރެވެ.

މީގެ އިތުރުން މިއަހަރުގެ ރިޔާސީ އިންތިޚާބުގެ ދެބުރުގައި ވެސް އަދާތަލު ޕާޓީން ވަނީ އެމްޑީޕީއާއެކު ކޯލިޝަން ހަދާފައެވެ.

comment ކޮމެންޓް