Dhiraagu

ބޭނުން އެއްޗެއް ކިޔުމަކީ މިނިވަންކަމެއް ނޫން، ހުދޫދެއް އޮވޭ: ރައީސް

ރައީސް ޑރ. މުޙައްމަދު ހާފިޒުން ދަސްވެނިވުމުގެ ރަސްމިއްޔާތުގައި: އަމަލީ ގޮތުން ކަންކަން ބައްޓަން ކުރުމުގައި ބޭނުންކުރާ އެއްޗަކީ ގުރުއާން ކަމުގައި ހަދަން ޖެހޭ ކަމަށް ވިދާޅުވި -- ފޮޓޯ/ ރައީސް އޮފީސް

އެ މީހަކު ބޭނުންވާހާ އެއްޗެއް އަނެކާއާ ދިމާލަށް ކިޔުމަކީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ނޫން ކަމަށާއި، ކޮންމެ ހައްގަކާއެކު ހުދޫދުތައް ވެސް އޮންނަ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

ADK GENERAl

ކީރިތި ޤުރްއާނާބެހޭ މަރުކަޒުން އިންތިޒާމްކޮށްގެން ބޭއްވި، ހާފިޒުން ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ކީރިތި ގުރުއާން ކިޔަވަން ދަސްކުރުމަކުން ނުފުދޭ ކަމަށާއި އަމަލީ ގޮތުން ކަންކަން ބައްޓަން ކުރުމުގައި ބޭނުންކުރާ އެއްޗަކީ ގުރުއާން ކަމުގައި ހަދަން ޖެހޭ ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވީ ދިވެހި މުޖުތަމައުގައި މިއަދު ކަންކަން ހުރީ އެގޮތަށްތޯ ވިސްނައި، ކޮންމެ މީހަކު ވެސް އަމިއްލަ ނަފުސާ ސުވާލު ކުރަން ޖެހޭ ކަމަށެވެ. އެގޮތުން މުޖުތަމައު އޮތް ހާލަތަށް ބަލާއިރު، އެކަކު އަނެކަކުގެ އަބުރަށް އަރައިގަތުމާއި، ދެބައޮޑުވުމއި ނެތިމޮށުމާއި ދޮގު ވާހަކަތައް ފެތުރުމާއި ގޯސް ހުރިހާ އާދައެއް އަށަގެންފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ތެރޭގައި ސިޔާސީ ޚިޔާލު ތަފާތުވުމާއެކީގައި އެ ވާދަވެރިކަމުގެ ތެރެއިން ވެސް ގޮސް އަޅުގަނޑުމެން ކޮންމެ މީހެއްގެ ވެސް އަބުރަށް މި އަރައިގަންނަނީ، އެ ނޫން ކަންކަމުގެ ތެރޭގައި ވެސް، އާއިލީ މައްސަލަތަކުގެ ތެރޭގައި ވެސް، އޮފީސްތެރޭގައި ވެސް ދެން މިހެން ގޮސް ކޮންމެ ކުޑަކުޑަ ޖަމާއަތެއްގެ ތެރޭގައި ވެސް އެކަކު އަނެކަކުގެ އިންސާނީ ކަރާމަތަށް މި އަރައިގަންނަނީ،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޑރ. މުޙައްމަދު ހާފިޒުން ދަސްވެނިވުމުގެ ރަސްމިއްޔާތުގައި: ބޭނުންވާހާ އެއްޗެއް އަނެކާއާ ދިމާލަށް ކިޔުމަކީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ނޫން ކަމަށާއި، ކޮންމެ ހައްގަކާއެކު ހުދޫދުތައް ވެސް އޮންނަ ކަމަށް ވިދާޅުވި -- ފޮޓޯ/ ރައީސް އޮފީސް

ކީރިތި ޤުރުއާނުގައި އިންސާނުން އުޅެން ދަސްކޮށްދެއްވާފައި ގޮތަކީ އެއީ ނޫންކަން ހަނދާން ކޮށްދެއްވައި ރައީސް ވިދާޅުވީ، ހެޔޮ ނިޔަތުގައި ކަންކަން ކޮށްގެން ރަނގަޅުކޮށްފިއްޔާ މުޖުތަމައު އިސްލާހު ކުރެވޭނެ ކަމަށެވެ.

މީގެ އިތުރުން، ކޮންމެ މީހަކަށް ވެސް ކަރާމާތް ލިބިގެންވާ ކަަމަށް ގުރުއާނުގައި ބަޔާންކުރައްވާފައިވާކަމާއި، އޭގެ މަފުހޫމަކީ ކޮންމެ މީހަކީ އަނެއް މީހާއަށް އިހުތިރާމު އަދާ ކުރަން ޖެހޭ މީހަކަށް ވާން ޖެހޭނެކަން ކަމަށް ރައީސް ވިދާޅުވިއެވެ.

"ތިމަންނަ މަތިވެފައި، އަނެއް މީހާ ދަށްކޮށްލާފައި، ތިމަންނަ ބޭނުންވާހާ އެއްޗެއް އަނެއް މީހާއާ ދިމާއަށް ބުނުމުގެ ހައްގަކީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމެއް ނޫން. ހައްގުތަކާ އެކީގައި އޭގެ ހުދޫދުތައް ވެސް އޮވޭ، ރައިޓްސްއާ އެކީ ލިމިޓޭޝަންސް އޮވޭ، އެހެންނޫނީ އިންސާނީ މުޖުތަމައެއް ހެޔޮ ގޮތުގައި ކުރިއަށް ނުދާނެ،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޑރ. މުޙައްމަދު ހާފިޒުން ދަސްވެނިވުމުގެ ރަސްމިއްޔާތުގައި: އަމަލީ ގޮތުން ކަންކަން ބައްޓަން ކުރުމުގައި ބޭނުންކުރާ އެއްޗަކީ ގުރުއާން ކަމުގައި ހަދަން ޖެހޭ ކަމަށް ވިދާޅުވި -- ފޮޓޯ/ ރައީސް އޮފީސް

އެހެންވެ، މުޖުތަމައު ރަނގަޅުވާނީ އަނެއް އިންސާނާއަކީ ތިމަންނަ ފަދައިން ކަރާމާތްތެރިކަން ލިބިގެންވާ މީހެއްކަން ގަބޫލުކުރެވުނު ދުވަހަކުން ކަމަށް ރައީސް ވިދާޅުވިއެވެ.

މިރޭގެ ރަސްމިއްޔާތުގައި ރައީސް އެފަދައިން ވާހަކަދެއްކެވިއިރު، ރައީސްގެ ދަރިކަލެއްގެ ކަރާމާތަށް އުނިކަން އަންނަ ފަދަ ވާހަކައެއް އިދިކޮޅު އެމްޑީޕީގެ މުޒާހަރާއެއްގައި ދެއްކި މައްސަލައެއްގައި، އެ މަނިކުފާނުގެ އަނބިކަނބަލުން ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ވަނީ ކޯޓަށް ހުށަހަޅުއްވައިފައެވެ.

މިމަހުގެ 13 ވަަނަ ދުވަހުގެ ރޭ އެމްޑީޕީން ބޭއްވި މުޒާހަރާއެއްގައި އެކްޓިވިސްޓު މަރިޔަމް ޒުބައިރު (މަންދީ)ވަނީ ރާއްޖޭގައި ވޭޕް މަނާކޮށްފައިވަނީ ރައީސްގެ ދަރިކަލަކު ވޭޕް ކުރެއްވުމުން ކަމަށް ތުހުމަތުކޮށްފައެވެ.

https://sun.mv/203879

އެ މައްސަލައިގައި ސާޖިދާގެ ފަރާތުންވަނީ، ދަރިކަލުންގެ ނަފުސަށާއި ފުރާނައަށް ނުރައްކާވާނޭ ޙާލަތެއް މެދުވެރިކުރުވައި އޭނާގެ ކިޔެވުމާއި މުސްތަގުބަލަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވާނޭ ޙާލަތެއް މެދުވެރިކޮށްފައިވާ ކަމަށް ވިދާޅުވެ، ސިވިލް ކޯޓަށް މައްސަލަ ހުށަޅުއްވައިފައެވެ.

އެމްޑީޕީންވަނީ، މުޒާހަރާގައި ދައްކައިފައިވަނީ އެއްވެސް ހާލެއްގައި ކުޑަކުއްޖަކަށް ނިސްބަތްކޮށް، އަދި ކުޑަކުއްޖެއްގެ ކަރާމާތަށް އުނިކަން އަންނަ ފަދަ ވާހަކައެއް ނޫން ކަމަށް ބުނެފައެވެ.

comment ކޮމެންޓް