ކަރަންޓު މައްސަލަ ހައްލުކުރަން ޕްރައިވެޓް ސެކްޓާގެ ބައިވެރިވުން އިތުރުކުރަންޖެހޭ: ފައްޔާޒު

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް: ކަރަންޓު މައްސަލަ ހައްލުކުރަން ޕްރައިވެޓް ސެކްޓާގެ ބައިވެރިވުން އިތުރުކުރަންޖެހޭ ކަމަށް ވިދާޅުވި -- ފޮޓޯ/ އެމްޑީޕީ

ރަށްރަށަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަތައް ހައްލުކުރުމަށް ޓަކައި، ޕްރައިވެޓް ސެކްޓާގެ ބައިވެރިވުން އިތުރުކުރަން ޖެހޭ ކަމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް މިރޭ ވިދާޅުވެއްޖެއެވެ.

ކޮންމެ އަހަރަކު ވެސް ރޯދަމަހާ ދިމާކޮށް، ކަރަންޓުގެ ޑިމާންޑު ބޮޑުވާއިރު ބައެއް ރަށްރަށުން ކަރަންޓުގެ ޚިދުމަތް މެދުކެނޑުމުގެ މައްސަލަތައް ދިމާވެއެވެ. މި ރޯދަމަހު ކަރަންޓު ކެނޑުމުގެ މައްސަލަތައް ދިމާވި ރަށްތަކުގެ ތެރޭގައި އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކާއި ލ. ކަލައިދޫ ހިމެނެއެވެ.

އޭގެ ތެރެއިން އައްޑޫ ސިޓީން ވަނީ މި މަސް ފެށުމުގެ ކުރިން ވެސް ކަރަންޓު ކެނޑުމުގެ މައްސަލަތައް ރިޕޯޓުކޮށްފައެވެ. ރޯދަމަސް ނިމެން ގާތްވެފައިވާއިރު ވެސް، އައްޑޫގައި އެ މައްސަލަ ހައްލުވެފައި ނުވާތީ ރައްޔިތުން އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.

ފައްޔާޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މީގެ ކުރިން ހުރިހާ ސަރުކާރަކުން ވެސް ރޯދަމަހަށް ޚާއްސަ ސަމާލުކަމެއްދީގެން ތައްޔާރީތައްވާ ކަމަށާއި މިއީ، ރަށްރަށުގައި ހުރި ކަރަންޓުގެ މައްސަލަތައް ރޯދަ މަހާ ދިމާކޮށް ހައްލުކުރަން ސަރުކާރަކުން ތައްޔާރު ނުވާ ފުރަތަމަ އަހަރު ކަމަށެވެ.

"ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު ސިޓީގެ ރައްޔިތުން އަސާސީ ހައްގަކުން މަހުރޫމްކޮށް ބޮޑު ތަކުލީފެއް އުފުލަން މަޖުބޫރު ކުރީ މި ނާގާބިލު ސަރުކާރަށް އެނގި ތިބެ. ހައްލު ކޮށްދޭނެ ކަމަށް ސަރުކާރުން ވައުދުވަނީ އިހުލާސްތެރިކަމެއް ނެތި، އެނގި ތިބެ،" އޭނާ ވިދާޅުވިއެވެ.

އެކި ގަޑިތަކުގައި ކަރަންޓު ކެނޑޭތީ އައްޑޫގެ ރައްޔިތުންނަށް އެތައް ގޮތަކުން ފޫނުބެއްދޭ ވަރުގެ ގެއްލުންތައް ލިބެމުންދާކަން ފާހަގަކުރައްވައި ފައްޔާޒު ވިދާޅުވީ، މިއީ ދުރާލައި ތައްޔާރުވިނަމަ ހައްލު ކުރެވެން އޮތް މައްސަލައެއް ކަމަށެވެ.

އޭނާ ވިދާޅުވީ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް އާ ވިސްނުންތަކަށް ޖާގަދީ، މުޖުތަމައުއާއި ޕްރައިވެޓް ސެކްޓާގެ ބައިވެރިވުން އިތުރުކޮށް، އިއާދަކުރަނިވި ހަކަތަ އާއި އެހެނިހެން އާ އީޖާދުތައް ހިމެނޭ ކަރަންޓު ގްރިޑެއް ބިނާކުރަން ޖެހޭ ކަމަށެވެ.

"ކަރަންޓްގެ ކަންކަން މެނޭޖްކުރުމުގެ އާ ގޮތްތައް ބޭނުންކޮށް އެ މަގަށް ކަންކަން ފަހި ކުރުމަށް މިވަގުތު އަމަލުކުރަމުންދާ ހަކަތައާ ގުޅޭ ސިޔާސަތުތަކާއި ގަވާއިދުތަކާ މެދު އަލުން ވިސްނަން ޖެހޭ،" ފައްޔާޒު ވިދާޅުވިއެވެ.

އައްޑޫއަށް ކަރަންޓުގެ ޚިދުމަތް ދެނީ ދައުލަތުގެ ކުންފުންޏެއް ކަމަށްވާ ފެނަކައިންނެވެ. ކަރަންޓު ކެނޑުމުގެ މައްސަލަ ރޯދަމަހަށް ހައްލުވާނެ ކަމަށް އެ ކުންފުނިން ބުނެފައިވީ ނަމަވެސް، ގުޅިފައިވާ ރަށްތަކުގައި އަދިވެސް އެކި ގަޑިތަކުގައި ދަނީ ކަރަންޓު ކަނޑަމުންނެވެ.

https://sun.mv/204059

އެ މައްސަލަ ހައްލުކުރުމަށް މި މަހު އައްޑުއަށް އެއް މެގަވޮޓުގެ ޖެނެރޭޓަރު ސެޓަކާއި 1.8 މެގަވޮޓްގެ ޖަނަރޭޓަރެއް ފޮނުވާފައިވެއެވެ.

ފެނަކައިން މިދިޔަ އަހަރު ބުނެފައިވާ ގޮތުގައި އައްޑޫ ސިޓީއަށް މިހާރު ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދޭނީ ދެ އަހަރު ފަހުންނެވެ.

comment ކޮމެންޓް

comment އަހުމަދު

4 day 7 hour ago

މިހާރު ވިއްކާލަން ރާވަނީ ހޭ ؟ އަދި ވެރިކަން ނުލިބޭ ނު !!!!

comment ސސ

4 day 10 hour ago

ކަލޭމެން ސިޔާސީ ޕާޓީ ހަދައިގެން އުޅެނީ ދައުލަތުން މާލީ މަންފާ ހޯދަން، ސިޔާސީ މީހުންނަކީ ދައުލަތުގެ މާލިއްޔަތު ލޫޓުވާ ސިޔާސީ ވަފާތެރި ކެހިވެރި ޗޯރުން، މިދިޔަ 16 ވަރަކަށް އަހަރު ތެރޭގައި ސިޔާސީ މީހުން ދައުލަތުގެ މާލިއްޔަތު ލޫޓުވާލައިގެން މާލީ މަންފާ ވަރަށް ރަގަޅަށް ހޯދާފައި !

comment ކަމަނަ

5 day 12 hour ago

މަނިކުފާނުމެނަށް ސަރުކާރު ހަވާލުކޮށް، 5 އަހަރު ނިންމި އިރު ތިޔަ ވިސްނުމުގެ ބޮކި ނުދިއްލުނީ ކީއްވެތޯ؟ އެއީ މި ސަރުކާރުގަ އަލަށް އުފެދުނު މައްސަލައެއްތޯ؟

comment ނަސްމި

5 day 16 hour ago

ސަރުކާރު އިކޮނޮމިކް މިނިސްޓަރަކަށް 5 އަހަރު ހަރާބު، ވެރިކަން އަލުން ހޯދަން މޮޅު ސުރުހީއެއް ހޯދަނީ ތޮ؟

comment އައިމަން

5 day 17 hour ago

އައްޑޫ ކަރަންޓު ދީބަލަ އިންގްލޭންޑުގެ ކުންފުންޏަށް އެމީހުން ކަނޑުން ސަބްމެރިން އަޅައިގެން މުޅި އައްޑު ކަރަންޓު ވަށާ ޖައްސާނެ އަގުވެސް ހެޔޮވާނެ މިހާރުވެސް އަޑޫ ގަމުގައި ގިނައިން ބޭނުން ކުރަނީ އިނގިރޭސީން އަޅާފައިވާ ހައިވޯލްޓޭޖް ކޭބަލް.