ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް އަނިޔާވެއްޖެ

މިއަދު ހިނގި އެކްސިޑެންޓްގައި ދެ ގެއްލުން ލިބުނު ދެ ސައިކަލް: މި އެކްސިޑެންޓްގައި ދެ މީހަކަށް ވަނީ އަނިޔާ ވެފައި-- ސަން ފޮޓޯ: ކިޔުންތެރިއެއް

ހައިވޭއިން ހުޅުމާލެއަށް އަރާ ހިސާބުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެއެވެ.

މަންޒަރު ދުށް މީހަކު "ސަން" އަށް ކިޔައިދިން ގޮތުގައި 12:15 ކަންހާއިރު މި އެކްސިޑެންޓް ހިނގީ ބާރު ސުޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުކުރެވިގެންގޮސް ކާރެއްގައި ޖެހިގެންނެވެ. ކާރުގައި ޖެހި އެ ސައިކަލް ވިއްސައިގެން ގޮސް ދެން ޖެހުނީ ދުއްވާފައި ދިޔަ އެހެން ސައިކަލެއްގައި ކަމަށް އޭނާ ބުންޏެވެ.

މި އެކްސިޑެންޓްގައި ދެ ސައިކަލް ދުއްވަން އިން ދެ މީހުންނަށް ވެސް އަނިޔާވި ކަމަށާއި އޭގެން އެކެއްގެ ފައި ބިންދައިގެން ގޮސްފައިވާ ކަމަށް މަންޒަރު ދުށް މީހާ ބުންޏެވެ.

އަނިޔާވި މީހުން މިހާރު ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ. އެކްސިޑެންޓް ހިނގި ސަރަހައްދުގައި ފުލުހުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.

މާލެ ސަރަހައްދުގައި މަގުމަތީގެ އެކްސިޑެންޓްތައް ހިނގުމަކީ ހަމަ ކޮންމެ ދުވަހަކު ހެން މިހާރު ހިނގަމުން އަންނަ ކަމެކެވެ. މިކަމުގެ ސަބަބުން އެތައް ބައެއްގެ ފުރާނަ ގެއްލި، އެތައް ބަޔަކު ނުކުޅެދޭ ހާލަތަށް ގޮސްފައިވެއެވެ.

comment ކޮމެންޓް