އެކްޓުކުރަން ބޭނުންތަ؟ މި އޮތީ ބައިސްކޯފުގެ "ކާސްޓިން ކޯލް"އެއް

ބައިސްކޯފުން އެކްޓަރުން ހޯދަނީ --

ރާއްޖޭގެ އެންމެ ވަރުގަދަ އޮންލައިން ވީޑިއޯ ސްޓްރީމިން ޕްލެޓްފޯމް ބައިސްކޯފުގެ ކޮމެޑީ ސީރީސް، "އޮފީސް ލޯބި"ގެ ދެވަނަ ސީޒަނަށް ކާސްޓުން ހޯދަން އިއުލާނުކޮށްފިއެވެ.

މި ކަމަށް ޝައުގުވެރިވާ މީހުންނަށް ފަސޭހައިން ސީދާ މެސެޖެއް ފޮނުވައިލައިގެން ބައިވެރިވެވޭނެއެވެ. އެގޮތުން ބައިސްކޯފުން ބުނީ އެސްއެމްއެސް ކުރާނީ، 7744799 ނަންބަރަށް ކަމަށެވެ.

މިއީ ފިލްމީ ދާއިރާގައި ކުރިއަށް ދިއުމަށް ޝައުގުވެރިކަން ހުރި ފަރާތްތަކަށް ލިބިގެންދާނެ ފަހި ފުރުސަތެކެވެ.

މީގެ ކުރިން ވެސް ބައިސްކޯފުން ނެރެފައިވާ ފިލްމުތަކާއި ސީރީޒްތަކުން އާ މޫނުތައްވަނީ ފިލްމީ ދާއިރާއަށް ނެރެފައެވެ.

ބައިސްކޯފުގެ "އޮފީސް ލޯބި" ސީޒަން 1 ގެ ޕޯސްޓަރެއް--

ބައިސްކޯފުގެ އޮފީސް ލޯބި ސީރީޒްގެ ފުރަތަމަ ސީޒަން ވެސްވީ އާންމުންގެ ތެރޭގައި "ހިޓް" އަކަށެވެ. އެއީ ޖުމްލަ 10 އެޕިސޯޑުގެ މައްޗަށް އެކުލެވިގެންވާ ސީޒަނެކެވެ.

"އޮފީސް ލޯބި" ލިޔެ ޑައިރެކްޓުކޮށްފައިވަނީ އަމީނާ މުޙައްމަދު (އަމީ)އެވެ.

މިއީ އޮފީހެއްގެ ތެރޭގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތެރޭގައި ހިނގާ ހެއްވާ މަޖާ ކަންކަމުގެ މައްޗަށް އެކުލަވާލާފައިވާ ވެބް ސީރީޒެކެވެ.

comment ކޮމެންޓް