ޓްރާންސްފޯމަރެއްގައި ރޯވެ ހިޔާ ފުލެޓުން ކަރަންޓު ކެނޑިއްޖެ

ޓްރާންސްފޯމަރުގައި ރޯވެފައި -- ފޮޓޯ/ އެމްވީ ކްރައިސިސް

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުރި ސްޓެލްކޯގެ ޓްރާންސްފޯމަރެއްގައި އަލިފާން ރޯވެ، ހިޔާގެ ބައެއް ޓަވަރުތަކުން ކަރަންޓު ކެނޑިއްޖެއެވެ.

ސްޓެލްކޯގެ މީޑިއާ އޮފިޝަލް "ސަން"އަށް ވިދާޅުވީ، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުރި އެ ކުންފުނީގެ ޓްރާންސްފޯމަރެއްގައި އަލިފާން ރޯވުމުގެ ސަބަބުން ހިޔާގެ ބައެއް ފުލެޓުތަކުން ކަރަންޓު ކެނޑިފައިވާ ކަމަށެވެ.

މި ހާދިސާ ހިނގާފައިވަނީ މިރޭ 8:00 އެހާކަންހާއިރެވެ.

މި ހާދިސާއާ ގުޅިގެން ސްޓެލްކޯގެ މުވައްޒަފުން އަންނަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

މި ހާދިސާގައި ކަރަންޓު ކެނޑުނު ޓަވަރުތަކުގެ ތެރެއިން ތިންވަނަ ޓަވަރު ފިޔަވާ އެހެން ހުރިހާ ޓަވަރުތަކަށް މިހާރު ކަރަންޓު ދެވިފައިވާ ކަމަށް ސްޓެލްކޯއިން ބުންޏެވެ. އަދި، ތިންވަނަ ޓަވަރަށް ކަރަންޓު ދޭން ކުރަން ޖެހޭ މަސައްކަތްތައް ވެސް ކުރަމުން އަންނަ ކަމަށް ސްޓެލްކޯއިން ބުންޏެވެ.

ޓްރާންސްފޯމަރުގެ ބައިތައް ބަދަލު ކުރުމުގެ މަސައްކަތް ސްޓެލްކޯއިން އަންނަނީ ކުރަމުންނެވެ.

ބައިގަޑިއިރެއްހާއިރު ތެރޭގައި ތިންވަނަ ޓަވަރަށް ކަރަންޓު ދެވޭނެ ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.

comment ކޮމެންޓް