މާދަމާގެ ކުރިން ޣާޒީ ސްކޫލް ކުރިމަތީ އޮންނަ ބިން ހުސްކޮށް ވެހިކަލްތައް ނަގަން އަންގައިފި

ފުލުހުން އަންގާފައިވަނީ މާދަމާގެ ކުރިން ޣާޒީ ސްކޫލް ކުރިމަތީ އޮންނަ ބިން ހުސްކުރުމަށް -- ފޮޓޯ/ ޕޮލިސް

މާދަމާގެ ކުރިން ހުޅުމާލޭ ޣާޒީ ސްކޫލް ކުރިމަތީ އޮންނަ ބިން ހުސްކޮށް، އެ ސަރަހައްދުގައި ހުރި ވެހިކަލްތައް ވެސް ނަގަން ފުލުހުން އަންގައިފިއެވެ.

ފުލުހުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައިވަނީ، ޣާޒީ ސްކޫލް ކުރިމަތީ އޮންނަ ބިން، މާދަމާގެ ކުރިން ހުސްކުރަން ބޭނުންވާ ކަމަށެވެ. އެ ގޮތުން އެ ސަރަހައްދުގައި ޕާކުކޮށްފައިވާ އެންމެހައި އުޅަނދާއި، ބަހައްޓާފައިވާ އެހެނިހެން ތަކެތި ނެގުމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނެފައިވަނީ މާދަމާގެ ފަހުން އެ ސަރަހައްދުގައި ބެހެއްޓިފައި ހުރި ތަކެތި، އެހެން ސަރަހައްދުތަކަށް ބަދަލު ކުރެވޭނެ ކަމަށެވެ. އަދި އެ ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަންޖެހޭ ހާލަތްތަކުގައި އެ ކަން ވެސް ކުރާނެ ކަމަށް ބުނެފައިވެއެވެ.

އެ ބިން ހުސްކުރަނީ ކޮން ބޭނުމެއްގައިކަން ފުލުހުން ނުބުނެއެވެ.

comment ކޮމެންޓް