އެމްޑީޕީގެ މެމްބަރުން ނަޝީދަށް އެއްވެސް އިރަކު އިތުބާރެއް ނުކުރޭ: ރައީސް

ސެޕްޓެމްބަރު 24، 2023: ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި ރައީސް މުޙައްމަދު ނަޝީދު ރައީސް އޮފީހުގައި ބައްދަލުކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް

ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ އެއްވެސް މަޖިލިސް މެމްބަރަކު، ޑިމޮކްރެޓްސްގެ ބާނީ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް، އެއްވެސް އިރެއްގައި އިތުބާރު ނުކުރާކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މަޖިލިސް ރައީސްކަމުގެ މަގާމުން ވަކިކުރުމަށް އެމްޑީޕީން ފާސްކުރި ތްރީލައިން ވިޕާ ގުޅޭގޮތުން ރައީސްއާ "ސަން"އިން ސުވާލުކުރުމުން އެ މަނިކުފާނު ވިދާޅުވީ، އެމްޑީޕީ ޕާލިމަންޓަރީ ގްރޫޕުން އަލުން ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ މަސައްކަތް ފެށީ އިތުބާރު ނެތުމުން ކަމަށެވެ.

"އެހެންވީމާ އެ ގޮތަށް އެމްޑީޕީން ކުރިއަށްދާނެކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" ރައީސް ވިދާޅުވިއެވެ.

https://sun.mv/183656

ހަފުލާއެއްގައި ވާހަކަފުޅުދައްކަވަމުން މިއަދު ރައީސް ނަޝީދުވަނީ އެމްޑީޕީން އެ މަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި އަމަލުކުރަމުން އަންނަ ގޮތަށް ވަރަށް ބޮޑަށް ޖޯކު ޖައްސަވައިފައެވެ.

އެގޮތުން ރައީސް ނަޝީދު ވިދާޅުވީ، އެ މަނިކުފާނާމެދު އެއް އިރު އިތުބާރު އޮތިއްޔާ، ދެން އަންނަ ހަފުތާގައި އެ އިތުބާރު ގެއްލޭ ކަމަށެވެ.

މިކަމަށް ރައްދު ދެއްވައި ރައީސް ވިދާޅުވީ އިތުބާރުކުރާކަމަށް ބުނެ މައްސަލަ މަޑުޖައްސައިލަން ޖެހުނީ ވަގުތާއި ހާލަތުގެ ގޮތުންކަމަށެވެ.

އެގޮތުން ރިޔާސީ އިންތިޚާބުގެ ތެރޭގައި އެހެން ބޮޑު ހަަލަބޮލިކަމެއްގެ ތެރެއަށް ދާން މަގުފަހިވާ އެއްވެސް ކަމެއް އެ ދުވަސްވަރު ކުރައްވަން އެ މަނިކުފާނު ވެސް ބޭނުންފުޅުވެވަޑައި ނުގެންނެވީކަމަށާއި، އެއީ ޕީޖީ މެދުވެރިކޮށް އެ މަސައްކަތް މަޑުޖައްސައިލެއްވި ސަބަބުކަމަށް ވިދާޅުވިއެވެ. އަދި އެއީ ވަގުތީ ގޮތުން ކުރެއްވި ކަމެއްކަމަށް ވިދާޅުވިއެވެ.

"އެ ވަގުތު ބޭނުންނުވާތީ ވަގުތީ ގޮތުން ކުރިކަމެއް. އެއިރަކު ވެސް އިތުބާރު އޮވެގެންނެއް ނޫން. ކަންތައްތައް ކުރަމުންދިޔަ ގޮތް އެއްގޮތަކަށް ވެސް މަޖިލިސް މެމްބަރުންނަކަށް ކަމަކުނުދޭ. އެހެންވީމާ އެ ކަން ކުރިއަށްގެންދާ ގޮތަށް އެއިރު ވެސް އޮތީ،" އެ މަނިކުފާނު ވިދާޅުވިއެވެ.

އެމްޑީޕީން ދެވަނަ ފަހަރަށް ހުށަހެޅި ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އޮތީ އާދިއްތަ ދުވަހަށް އެޖެންޑާކޮށްފައެވެ.

https://sun.mv/183660

އެ މައްސަލައާ ގުޅޭ ގޮތުން، އެމްޑީޕީގެ ޕީޖީ ގްރޫޕުން މިއަދު ބޭއްވި ބައްދަލުވުމެއްގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުން ވަނީ ތްރީލައިން ވިޕެއް ނެރެން ފާސްކޮށްފައެވެ. އެ ބައްދަލުވުމުގައި ބައިވެރިވި މެންބަރުން ވަނީ މަޖިލީހުގެ އެއްވެސް މަސައްކަތެއް ދެން ކުރެވޭނީ ނަޝީދު ވަކި ކުރުމުގެ މައްސަލައަށް ގޮތެއް ނިންމުމަށް ފަހުގައި ކަމަށް ނިންމައިފައެވެ.

comment ކޮމެންޓް