ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެންމެ ގިނަ މުވައްޒަފުން ތިބީ ފެނަކައިގަ ކަމަށާއި އެ ކުންފުނީގައި މިހާތަނަށް 7،000 އަށް ވުރެ ގިނަ މުވައްޒަފުން ތިބި ކަމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން އާއްމުކުރި ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ޕީސީބީން އާއްމުކުރި ސަރުކާރު ކުންފުނިތަކުގެ މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ ރިޕޯޓު ދައްކާ ގޮތުން ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު ފާއިތުވި ފަސް އަހަރު ތެރޭ ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.
އެގޮތުން މި އަހަރުގެ ފުރަތަމަ ކުއާޓަރާ ހަމަޔަށް ސަރުކާރު ކުންފުނިތަކުގައި ތިބީ 32،576 މުވައްޒަފުންނެވެ. އެގޮތުން 13,900 ވަޒީފާ ސަރުކާރު ކުންފުނިތަކުން ވަނީ މި ނިމިދާ ދައުރުގައި އުފައްދާފައެވެ.
މިއީ މިދިޔަ ދައުރާ އަޅާ ބަލާއިރު ދެގުނަ އިތުރު އަދަދެކެވެ. މިދިޔަ ދައުރު ނިމިގެން ދިޔައިރު ސަރުކާރު ކުންފުނިތަކުގައި ތިބީ ޖުމްލަ 18،000އަށް ވުރެ ގިނަ މުވައްޒަފުންނެވެ.
ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން އެންމެ މުވައްޒަފުން ގިނައީ ފެނަކަ ކޯޕަރޭޝަންގައެވެ. ޕީސީބީގެ ރިޕޯޓުން ދައްކާ ގޮތުގައި މި އަހަރުގެ ފުރަތަމަ ކުއާޓަރާ ހަމަޔަށް އެ ކުންފުނީގައި 7,379 މުވައްޒަފުން ތިއްބެވެ. އެއީ، 2018 ވަނަ އަހަރާ އަޅާބަލާއިރު 62 ޕަސެންޓު އިތުރުވެފައެވެ. 2018 ވަނަ އަހަރު އެ ކުންފުނީގައި ތިބީ ޖުމްލަ 2,756 މުވައްޒަފުންނެވެ.
ދެވަނައަށް އެންމެ ގިނަ މުވައްޒަފުން ތިބީ 4,115 މުވައްޒަފުންނާ އެކު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގައެވެ.
މިއީ މި އަހަރުގެ މާޗު މަހާ ހަމަޔަށް ކުންފުނިތަކުގައި މުވައްޒަފުން ތިބި އަދަދުތަކެވެ.
މި އަހަރުގެ ޖޫން މަހު ޓްރާންސްޕޭރެންސީން ނެރުނު ރިޕޯޓަކުން ދައްކާ ގޮތުގައި ސަރުކާރު ކުންފުނިތަކުން 2019 އިން ފެށިގެން 2021 ގެ ނިޔަލަށް 10،000 ވަޒީފާ އުފައްދާފައިވާއިރު 2021 އިން މި އަހަރާ ހަމައަަށް ސަރުކާރު ކުންފުނިތަކުން 15،000 ވަޒީފާ އުފެއްދިއެވެ. މި އަހަރު އެ އަދަދު 25،000 އަށް އިތުރުވެފައިވާ ކަމަށް އެ ރިޕޯޓުގައި ބުނެއެވެ.
ސަރުކާރު ކުންފުނިތަކާ އެ ކުންފުނިތަކަށް މުވައްޒަފުން އިތުރުވުމަކީ ކަންބޮޑުވުން ބޮޑު މައްސަލައެއްގެ ގޮތުގައި ސަރުކާރާ އިދިކޮޅު ޕާޓީތަކުން އަންނަނީ ތަކުރާރުކޮށް އަޑު އުފުލަމުންނެވެ. ޚާއްސަ ގޮތެއްގައި ރިޔާސީ އިންތިޚާބާ ގާތްކޮށްފައި ސަރުކާރުގެ އިތުރު ވަޒީފާތަށް އުފެއްދުމަކީ ކޮރަޕްޝަނެއްގެ ގޮތުގައި ވަނީ އެ ޕާޓީތަކުން ވަނީ ސިފަކޮށްފައެވެ.
މީގެ ކުރިން މި އަހަރުގެ ކުރީކޮޅު، ސަރުކާރު ހިއްސާވާ ކުންފުނިތައް އުފެއްދުމާއި ހުޅުވުމާއި ރެގިއުލޭޓް ކުުރުން މޮނީޓާ ކުރުން ހަރުދަނާ ކުރެވޭނެ ގާނޫނެއް އޮތުން މުހިންމު ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ވެސް ވަނީ ހުށަހަޅައިފައެވެ.
ނަމަވެސް ސަރުކާރުން އަންނަނީ އިދިކޮޅުގެ ތުހުމަތުތައް ދޮގުކުރަމުންނެވެ. އެގޮތުން ފެނަކައަކީ ސަރުކާރަށް އާމްދަނީ ހޯދަން އޮންނަ ކުންފުންޏެއްް ނޫން ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް ވީހާ ވެސް ގިނަ ވަޒީފާ ރައްޔިތުންނަށް އެ ކުންފުނިން ދެއްވާނެ ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
comment ހަމީދު
2 year 6 month ago
ފެނާއި، ނަރުދަމާގެ ޚިދުމަތްދެނީވެސް އެތަނުން ކުރިން އެޚިދުމަތް ދިނީ މަދުރަށަކުން. މިހާރު އެޚިދުމަތް ނުލިބިވަނީ މަދު ރަށަކުން ހުރިހާރަށެއްގައިހެން ޚިދުމަތަށްވަނީ ތައްޔާރުވެފައި. މުވައްޒަފުން އަދި ގިނައެއްނޫން. ޚިދުމަތްދެނީ ރައްޔިތުންގެ ލާރިން ރައްޔިތުންނަށް. ވަޒީފާދެނީ ވަޒީފާނެތް ގިނަ ޒުވާނުންތަކަކަށް.
comment މަނިކު
2 year 6 month ago
ރަށުމީހާގެ ކޮމެންޓްގައި މުހިއްމު ކަމެއް އެބައޮތް. އެއީ މަސައްކަތެއް (ޓެކްނިކަލް) ކޮށްލަން ދަސްކޮށްލަން ވެސް ލިބެނީ ފެނަކައިން އެކަނިކަން. އެހެންވީމާ އެބަބޭނުންވޭ މަސައްކަތްދަސްވާކަހަލަ އިތުރ ސިނާއަތްތައް ރަށްރަށަށް ދިއުން. ޑރ ވަހީދު އެއްފަހަރަކު ވިދާޅުވި ޑުބާއި ފަދަ ތަންތަނުން ދިވެހިންނަށް ވަޒީފާ ހޯދުމަށް މަސައްކަތްކޮށްދެއްވަނެ ވާހަކަ. ނަމަވެސް އޭރު މީހުންގެ ކޮމެންޓްތައްހުރީ އެކަމަ އިދިކޮޅަށް. އެކަމާ މަލާމާތްވެސް ބައެއް ދިވެހިން ކުރި. ދިވެހިރާއްޖެއަކީ ކުޑަގައުމަކަށްވާއިރު، ބޭރުން ވަޒީފާގެ ފުރުސަތުތައް ލިބޭނެގޮތް އެބަބޭނުންވޭ. އޯލެވެލް އޭލެވެލްގައި ދިވެހި ކުދިން މަތީ މާކްސް ހޯދާއިރު، ކިޔަވާދޭ ޓީޗަރުންނަށްވެސް ބޭރުގެ ވަޒިފާތައް ލިބިއްޖިއްޔާ، ރާއްޖެއަށް ވަންނަ ރެމިޓެންސް އިތުރުކުރެވޭނެ. ޓީޗަރުންނަށް ވާން ބޭނުންވާ މީހުން ގިނަވާނެ. ސީމަންސް، ޓީޗަރުން، ޓެކްނީޝަނުން، އިލެކްޓްރިޝަނުން، ކޮމްޕިއުޓަރ ޕްރޮގްރާމަރުން ރާއްޖޭގައި އުފައްދައި ޑުބާއިފަދަ ތަންތަނުން ވަޒީފާލިބޭނެގޮތް ހަދާދެއްވާ. އަހަރެންނަށް އެނގޭ ދިރާގުގަ އުޅެފަ ތިބި ބައިވަރު މީހުންނަށް ބޭރުން ވަޒީފާ ލިބިފައިވާކަމަށް. ނަމަވެސް ރާއްޖޭގައި ޓެލެކޮމިއުނިކޭޝަން ގެ ރޮނގުން ކިޔަވާދޭ
reply މަނިކު
2 year 6 month ago
ނިންމާލަމުން ލިޔަން އުޅެފަ އެއޮތީ ޓެލެކޮމިއުނިކޭޝަން ކިޔަވާދޭ ފަދަ ކޯހެއް ރާއްޖޭގައި ނެތްކަން. އެބައި ކޮމެންޓުން އުނިވެފައި އެއޮތީ ކީއްވެކަމެއް ނޭގޭ.
comment މަރޭ
2 year 6 month ago
ޚަބަރުގައި ވަޒީފާ އުފައްދާފައޭ ބުނާތީ ހައިރާންވޭ ، އެއީ އުފައްދާފައިވާ ވަޒީފާތަކެއްނޫން ، އެއީ ހިތައް އެރީމާ ދީފައިވާ ކުންފުންޏަށް ބޭކާރު ވަޒީފާތަށް ، ނަމަވެބެސް ރައްޜަށުގައި ވަޒީފާ ނެތްމީހުންނަށް ވަޒީފާ ލިބުމަކީ މައްސަލައެއްނޫން ، އުފެއްދުންތެރިވަޒީފާ ތަކަކީ އަދި އެޔެއްނޫން ،
comment ރަށުމީހާ
2 year 6 month ago
ރާއްޖޭގެ ރަށް ފުށިގައި ވަޒީފާއެއް ލިބެނީ ސްކޫލަކުން ސިއްހީ މަރުކަޒުން ކޯޓުން ކައުންސިލުން ދެން މިހާރު އިންޖީނުގެ ނުވަތަ ފެނަކަ އިން. ސްކޫލުން ސިއްހީ މަރުކަޒުން ވަޒީފާ ލިބެނީ ތަޢްލީމީ މީހުނަށް. އާދައިގެ މަސައްކަތެއް ކޮށްލަން ދަސްކޮށްލަން ވެސް އަހަރުމެނަށް ފެނަކައިން ވަޒީފާ އެއް ލިބުނީތީ މިހާރު މާލޭ ބޭފުޅުން އެކަމާ ހަސަދަވެރިވެ ތިވަރު މާގިނައޭ އެންމެން ކަނޑާށޭ މިތިބަ ގޮވަނީ. އެކަމަކު ވޯޓު ހޯދަން އައިސް އެތިބަ ކެނޑި ފޮނިބައިސާ މިހާރު އަދި ހުވާ ނުކުރަނީސް ހަނޑާންނެތުނީ. އާނ ދޮގޭ! މަޖިލިސް އިންތިޚާބުގަ ނާންނާތި.
reply މާލެ މީހާ
2 year 6 month ago
ރާއްޖެތެރޭ މީހާ އަށް ވަޒީފާ ލިބެންޖެހޭ. އެކަމު، ވަޒީފާ އަށް ވައްދާހާ މީހުން ކުރާނެ ވަރަށް މަސައްކަތް އޮވޭހޭ؟ ނޫނީ ލޮގްއިން ލޮގްއައުޓް އެކަނިތޯ ވަޒީފާ ބަޔާނުގައި އޮންނަނީ ކުރަންޖެހޭ މަސައްކަތެއްގޮތުގައި. ހަމަ ގައިމުވެސް ގިނައީ ހަމަ އެކަނި ލޮގްއިން ލޮގްއައުޓް ކޮށްފަ އޮފީހުން ބޭރުގައި އަމިއްލަ ކަންކަމުގައި އުޅޭ މީހުން. ރާއްޖެތެރޭ ފްރެންޑަށް ލިބޭ މުސާރަ ހަލާލުވާން މާލޭ މީހާވެސް ބޭނުންވަނީ.
comment ރައްޔިތުން
2 year 6 month ago
އިލެކްޝަނަށް ނުފޫޒުފޯރުވުން މާނަކުރަނީ ކިހިނެއްބާ؟؟ މީވާ ގައުމެއް