ޕީޖީގެ އެދުމަށް މިއަދު އޮތް ޔާމީންގެ އިސްތިއުނާފު އަޑުއެހުން ކެންސަލް

ހައިކޯޓުގައި މުއަދު އޮތް އަޑުއެހުމުގައި ރައީސް ޔާމީން ވާހަކަ ދައްކަވަނީ: މަނީލޯންޑާ ކުރަން ބޭނުންވާ މީހަކު ރާއްޖޭގެ ބޭންކެއް ބޭނުމެއް ނުކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވި ---

ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ އެދުމަށް މިއަދު މެންދުރުފަހު 14:00 ގައި ބާއްވަން ހަމަޖެހިފައި އޮތް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ އިސްތިއުނާފު އަޑު އެހުން ކެންސަލްކޮށްފި ކަމަށް ހައި ކޯޓުން ބުނެފިއެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ނަންގަވައި އެ ފައިސާ ލޯންޑާކުރިކަން ސާބިތުވެ ޔާމީން ޖަލަށްލައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އެ މައްސަލާގެ އިސްތިއުނާފް ލަސްވުމާ ގުޅިގެން ރައީސް ޔާމީންގެ ފަރާތުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އިސްތިއުނާފީ އަޑުއެހުން ކެންސަލް ކުރުމަށް އެންގި ސަބަބާ ގުޅިގެން ޕީޖީ އޮފީހުން 'ސަން' އަށް ވިދާޅުވީ، ޔާމީންގެ އިސްތުނާފު މައްސަލާގައި ހިމެނޭ ވަކީލުން މިވަގުތު ތިއްބެވީ މާލެ އަތޮޅު މާފުށީގައި ޖުޑިޝަރީ ޓްރެއިނިންއެއްގައި ކަމަށެވެ.

މި މައްސަލާގައި އިސްތިއުނާފީ އަޑު އެހުމެއް އެންމެ ފަހުން ބާއްވާފައި ވަނީ މި މަހުގެ ހަވަނަ ދުވަހުއެވެ.

މިއަދު އޮތް އަޑުއެހުން ކެންސަލް ކުރުމާއެކު އިދިކޮޅު ޕީޕީއެމުން ވަނީ ނުރުހުން ފާޅުކޮށްފައެވެ.

އެގޮތުން ޔާމީންގެ އިސް ވަކީލު ޑރ މުހައްމަދު ޖަމީލް ކުރެއްވި ޓްވީޓުގައި ވިދާޅުވީ، ރައީސް ޔާމީނުގެ ހައިކޯޓް އިސްތިއުނާފުގެ އަޑުއެހުން ސުންގަޑިއަށް ވެފައި ވަނިކޮށް ޕީޖީ އޮފީހުގެ ވަކީލުން ބިޒީވުމުން ކެންސަލްކުރި ކުރުމަކީ ބޮޑުވެގެންވާ އަނިޔާއެއް ކަމަށެވެ.

އަދި މި އިސްތިއުނާފު ލަސްކުރުމަށް އިންތިޒާމީ ގޮތެއްގައި ރޭވިގެން ވާ ގިނަ އަތްތަކެއް ހިމެނޭ ކަމަށް ޖަމީލް ވަނީ ތުހުމަތުކުރައްވައިފައެވެ.

comment ކޮމެންޓް