ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީން އޭނާ ވަކިވުމުން, ލ. ފޮނަދޫއިން ގިނަ އަދަދެއްގެ މީހުން އެ ޕާޓީން ވަކިވުމަށް ހުށަހަޅާފައިވާ ކަމަށް ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ވިދާޅުވެއްޖެއެވެ.
ދާދި ފަހުން އެމްޑީޕީން ވަކިވެވަޑައިގެން، އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއިދުކުރަން ނިންމަވާފައިވާ ސިރާޖު މިއަދު 'ސަން' އަށް ވިދާޅުވީ ވޭތުވެދިޔަ 48 ގަޑިއިރު ތެރޭގައި ހަމައެކަނި ފޮނަދޫއިން 200 އެއްހާ އެމްޑީޕީގެ އާންމު މެންބަރުން އެ ޕާޓީގެ ދަފްތަރުން ވަކިވުމަށް އެދި ހުށަހަޅާފައިވާ ކަމަށެވެ.
އެކަން ހާމަކޮށް ސިރާޖު ވަނީ ފޮނަދޫގެ އެމްޑީޕީ މެންބަރެއް އެ ޕާޓީން ވަކިވުމަށް އެދި ލިޔެފައިވާ ސިޓީއެއް ވެސް އާންމު ކުރައްވާފައެވެ.
އެމްޑީޕީން ވަކިކޮށްދިނުމަށް އެދި ލިޔެފައިވާ އެ ސިޓީގައި ބުނެފައިވަނީ, އޭނާ އެ ޕާޓީއާ ގުޅުނީ ސިރާޖުގެ އެދުމުގެ މަތިން ކަމަށާއި ސިރާޖު ޕާޓީން ވަކިވުމުން އޭނާ ވެސް އެ ޕާޓީގައި ހުންނަން ބޭނުން ނުވާ ކަމަށެވެ.
"ފޮނަދޫ އަކީ އެހާ އެމްޑީޕީ ރަށެއް ނޫން. އަޅުގަނޑުމެން އެމްޑީޕީގެ މަސައްކަތުގައި އުޅޭތީވެ އަޅުގަނޑާ އެކީގައި ގުޅުނު މީހުން، އެ މީހުން ބޭނުމެއް ނުވޭ އަޅުގަނޑު އެމްޑީޕީގައި ނޫޅެންޏާ އެ ޕާޓީގައި މަޑުކުރާކަށް," ސިރާޖު ވިދާޅުވިއެވެ.
މީގެ ކުރިން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ލ. އަތޮޅުން އެމްޑީޕީއަށް މެޖޯރިޓީ ލިބުނު ނަމަވެސް މި ފަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީއަށް މެޖޯރިޓީ ނުލިބޭނެ ކަމަށް ސިރާޖު ވިދާޅުވިއެވެ.
އެމްޑީޕީގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހަށް ހޮވުނު ނަމަވެސް އެ ޕާޓީ ދޫކޮށް ނިކުންނަން ޖެހުނީ މި ސަރުކާރުން ލ. އަތޮޅަށް އަޅާ ނުލުމުން ކަމަށް ސިރާޖު ވިދާޅުވިއެވެ. އެގޮތުން ކުދިކުދި ކަންކަން ކޮށްދިން ނަމަވެސް ލ. އަތޮޅަށް މި ސަރުކާރުން ކޮށްދޭން ވައުދުވި ބޮޑު އެއްކަމެއް ވެސް ކޮށްދީފައި ނުވާ ކަމަށް ސިރާޖު ވިދާޅުވިއެވެ.
އެންމެ ފަހުން ބޭއްވި މަޖިލިސް އިންތިހާބުގައި ފޮނަދޫ ދާއިރާގެ ގޮނޑި ސިރާޖު ކާމިޔާބް ކުރެއްވީ 44 ވޯޓުގެ ތަފާތުންނެވެ. އޭނާއަށް 1007 ވޯޓު ލިބުނުއިރު އޭނާއާ އެންމެ ކައިރިން ވާދަކުރެއްވި އަބްދުއްރަހީމް އަބްދުالله އަށް ލިބިވަޑައިގަތީ 963 ވޯޓެވެ.
comment ފޮނަދޫ ޒުވާނުން
2 year 8 month ago
ހަމަ ހިލާ ތިހެން ނުވާނެ ސިރާޖު ހެޙޭނީ މޮޔަ ހެއްދިފަ ތިހެން ހުންނަން މެޖޯރިޓީ ބޮޑުކޮށް އިބޫއަށް ލިބޭނެ ހުރިހާ މަގެއް މިގެންދަނީ ކޮށަމުން ވޯޓަށް ބަލާތި
comment ހމދނ
2 year 8 month ago
އަސްލު އެމްޑިޕީ އުވެ ނިމިއްޖެ. ފޫވަށް ވެއްޓި ފައިސާގެ އަޅުންގެ ހާއްޔަކަށް ވެފަ ވާ ޖަމާއަތެއްގަ ތިގޮތަށް ތިކަންދާނީ. މިވެރިކަމާއެކު ތިކަންވެސް ނިމޭނެ އިރާދަކުރެއްވިއްޔާ
comment ޔަހުޔާ
2 year 8 month ago
ޔަގީން ކުރައްވާ އެމްޑީޕީ އެއް ދެން ރާއްޖެއަކުން ނަންހިނގާ ގޮތަށް ފެނުމަކީ ވަރަށް ނާދިރު ކަމެއް. ސަބަބަކީ މިހާރު އެތިބީ ވެރިކަމުގައި ލިބޭ މަންފާގަ ބަގުޑިބައްދާ މީހުން. އެއީ އަބަދު ކޮޅުބަދަލު ކުރާ މީހުން، މިވެރިކަން ނިމޭއިރަށް އެވެރިން ފިލާނެކަން ކަށަވަރު
comment އަސްލުވާތް
2 year 8 month ago
ފޮނަދޫ ދާއިރާ އަކީ ޕީ.ޕީއެމް ދާއިރާއެއް ސިރާޖަށް ގޮނޑި ދިޔައީ އޮޅުމަކުން.. މިހާރު މިސްރާބު ތިޔަ ހުރީ ދެވަނަ ދައުރަށް. އެހެންވެގެން ދުރާލާ ފަޅި ބަދަލު ލުރީ
comment ަކެޔޮޅު
2 year 8 month ago
ބަލަ ހޭބައްޔާ ފޮނަދޫ މެޖޯރިޓީ އެމްޑީޕީއައް ލިބުނީ ކޮންއިރަކުތަ
comment މުހަންމަދު
2 year 8 month ago
ތިމާމީހާ ހޮވުނު ދާއިރާއަށް އަޅާލުން ކުޑަވުމުން ދާއިރާއަށް އައްނަންވާވަރުގެ ތަރައްގީ ނައިސްއޮތީ. ބޮޑުތަރައްގީއައި ދާއިރާތަކަކީ އެދާއިރާގެ މަޖްލިސް މެންބަރު ދާއިރާއަށް އިހްލާސްތެރި ވުމުގެ ނަތީޖާ.... ތިބުނާ ޕާޓީއިން ވަކިވާ ކޮންމެ މެންބަރަކަށް ދެތިން މެންބަރުން އިތުރުވެސްދޭ.