ދަ ޑިމޮކްރެޓްސްގެ ޖަގަހަ ހުޅުވައި ރަސްމީކޮށް މަސައްކަތް ފަށައިފި

ދަ ޑިމޮކްރެޓްސްގެ ޖަގަހަ -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

މާލޭ އާޓިފިޝަލް ބީޗު ސަރަހައްދުގައި ހުންނަ ކުރީގެ އެމްޑީޕީގެ މައި ހަރުގޭގައި ދަ ޑިކޮމްރެޓްސްގެ މަސައްކަތްތައް ރަސްމީކޮށް ފަށައިފިއެވެ.

މިކަމާ ގުޅިގެން 'ސަން' އާ ވާހަކަ ދައްކަވަމުން ސިޓީ ކައުންސިލުގެ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ ކައުންސިލަރު ސައިފް ފާތިހު ވިދާޅުވީ ރޭގެ ވަގުތެއްގައި ދަ ޑިމޮކްރެޓްސްގެ ޖަގަހައެއްގެ ގޮތުގައި ހުޅުވާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ކުރިއަށް އޮތް ތަނުގައި އެ ޕާޓީގެ އެއްވުންތަކާއި ސިޔާސީ ހަރަކާތްތައް އެ ޖަގަހާގައި ކުރިއަށްދާނެ ކަމަށެވެ.

އެމްޑީޕީ މައި ހަރުގެ ހުންނަނީ އެ ޕާޓީގެ ކުރީގެ އިސް އެކްޓިވިސްޓެއް ކަމަށްވާ ޝަފިއްޔާ ޒުބައިރުގެ ބިމެއްގައެވެ. އެ ޕާޓީގައި އުފެދުނު ޚިޔާލުތަފާތުވުންތަކުގެ ތެރެއިން ޕާޓީ ދެބައިވީއިރު، ޝަފިއްޔާ ހުންނެވީ އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފަޅީގައެވެ.

ދަ ޑިމޮކްރެޓްސްގެ ޖަގަހަ -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

ހަރުގެ ހުރި ބިމުގެ އެއްބަސްވުން ބާތިލުލުކުރި މައްސަލަ އެމްޑީޕީން ސިވިލް ކޯޓަށް ހުށަހެޅިއެވެ. ނަމަވެސް އަނގަ ބަހުން ވެވުނު އެއްބަސްވުމުގެއް މައްޗަށް ބިނާކޮށް، އެމްޑީޕީން އެދުނުގޮތަށް އަމުރެއް ދޭން ކޯޓުން ވަނީ ދެކޮޅުހަދާފައެވެ.

comment ކޮމެންޓް