މޮރިޝަސްއަށް ފޮނުވި ސިޓީ ހޯދަން އިދިކޮޅު އިއްތިހާދުން ރައީސް އޮފީހަށް

އިދިކޮޅު އިއްތިހާދު މެމްބަރުން ރައީސް އޮފީހަށް ވަންނަނީ --

ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދޫކޮށްލުމަށް ރައީސް އިބްރާހީމް މުހައްމަދު ޞާލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅު ހޯދުމަށް އިދިކޮޅު އިއްތިހާދުގެ މެމްބަރުންތަކެއް މިއަދު ހެނދުނު ރައީސް އޮފީހަށް ގޮސްފިއެވެ.

މި މެމްބަރުން ރައީސް އޮފީހަށް ވަޑައިގަތީ މިއަދު ހެނދުނު 11:30ގައެވެ.

ރައީސް އޮފީހަށް ވަޑައިގަތް މެމްބަރުންގެ ތެރޭގައި ހިމެނެނީ އިދިކޮޅު ޕީޕީއެމް ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރުންނާއި ދަ ޑިމޮކްރެޓްސްގެ ބައެއް މަޖިލިސް މެމްބަރުންނެވެ.

އޭގެ ތެރޭގައި ތ. ގުރައިދޫ ދާއިރާގެ މެމްބަރު މުހައްމަދު ޣައްސާން މައުމޫނާއި، ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާާމާއި، މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ޠާރިޤު ވެސް ހިމެނިވަޑައިގަންނަވައެވެ.

މީގެއިތުރުން މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމާއި މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ވެސް ރައީސް އޮފީހަށް ވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވައެވެ.

https://sun.mv/178377

އިދިކޮޅު އިއްތިހާދަށް ނިސްބަތްވާ މަޖިލިސް މެމްބަރުން މިއަދު ރައީސް އޮފީހަށް ވަޑައިގަތްއިރު ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީގެ މުގައްރިރު މުހައްމަދު އަސްލަމްވަނީ ދެން އެންމެ އަވަހަށް ބާއްވާ ކޮމިޓީ ބައްދަލުވުމެއްގައި އެ ސިޓީ ހޯދަން ރައީސް އޮފީހަށް ސިޓީ ފޮނުއްވާނެކަމަށް ވިދާޅުވެފައެވެ.

މިހާރު އެ ކަން ނުކުރެވި އޮތީ ކޮމިޓީތަކުގެ ކޮމްޕޮޒިޝަނަށް ބަދަލު ގެނައުމަށް ކޮމިޓީތަކުގެ މަސައްކަތް ސަސްޕެންޑުކުރެވިފައި އޮތުމުން ކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް