ވަކިކުރީ ސިޔާސީ މަގާމްތަކުގައި ތިބި އެމްޑީޕީން ވަކިވެފައިވާ މީހުން: ސަރުކާރު

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު --- ފޮޓޯ/ ރައީސް އޮފީސް

ސިޔާސީ މަގާމްތަކުގައި ތިބި މީހުންގެ ތެރެއިން ވަޒީފާއިން ވަކިކޮށްފައި ވަނީ އެމްޑީޕީން ވަކިވެފައިވާ މީހުން ކަމަށް ސަރުކާރުން ބުނެފިއެވެ.

ސިޔާސީ މަގާމްތަކުގައި ތިބި ބައެއް މީހުން ވަޒީފާއިން ވަކިކުރާ ކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ. އެކަމާ ގުޅިގެން "ސަން"އާ ވަހަކަދައްކަވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ ސިޔާސީ މަގާމެއްގައި ހުރި މީހަކު އެމްޑީޕީން ވަކިވުމާއެކު އެ ޕާޓީން ސަރުކާރަށް އެކަން އަންގާ ކަމަށެވެ.

"އެމްޑީޕީން އެކަން ސަރުކާރަށް އެންގީމަ ވަގުތުން ސަރުކާރުން އެފަދަ މީހަކު ވަޒީފާއިން ވަކިކުރާނެ،" މިއުވާން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެމްޑީޕީގެ ޖާގައެއްގައި ސަރުކާރުގެ ވަޒީފާގައި ހުންނަ މީހަކު އެ ޕާޓީން ވަކިވުމުން އެ ވަޒީފާގައި އިތުރަށް ބެހެއްޓުމުގެ ބޭނުމެއް ވެސް ނެތްކަމަށެވެ.

މީގެ ކުރިން ވެސް ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުންވަނީ ރައީސް އިބްރާހީމް މުހައްމަދު ޞާލިހަށް ތާއީދުނުކުރާކަން ހާމަކުރުމާއެކު މަގާމުން ވަކިކޮށްފައެވެ. އޭގެ ތެރޭގައި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު މުހައްމަދު ޝިފާޒު (ޝިއްޕެ) ހިމެނެއެވެ.

އެއަށްފަހު އެ މަގާމަށް އައްޔަން ކުރީ އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހީމް ވަހީދު (އިބްރޭ)އެވެ.

comment ކޮމެންޓް