އެމްއެންޕީން ވަންދޫގެ އަންހެނުންގެ ކޮމިޓީގެ ބައި އިލެކްޝަން ކާމިޔާބުކޮށްފި

ތ. ވަންދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބައި އިލެކްޝަން ކާމިޔާބު ކުރި އެމްއެންޕީގެ ކެންޑިޑޭޓު ޚަދީޖާ މުހައްމަދު ---

ތ. ވަންދޫގައި މިއަދު ބޭއްވި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި އިލެކްޝަން އެމްއެންޕީން ކާމިޔާބުކޮށްފިއެވެ.

މިއަދު ކުރިއަށް ގެންދިޔަ ވަންދޫގެ ބައި އިލެކްޝަނުގައި ވާދަކުރީ އެމްއެންޕީގެ ކެންޑިޑޭޓަކާއި އެމްޑީޕީގެ ކެންޑިޑޭޓެކެވެ. އެގޮތުން އެމްއެންޕީގެ ފަރާތުން ވާދަކުރީ ޚަދީޖާ މުހައްމަދުއެވެ. އަދި އެމްޑީޕީގެ ފަރާތުން ވާދަކުރީ ޝިރުމީނާ އަލީއެވެ.

އިލެކްޝަންސް ކޮމިޝަނުން މިރޭ އިއުލާނުކުރި ވަންދޫ ބައި އިލެކްޝަންގެ ވަގުތީ ނަތީޖާ ދައްކާގޮތުން 118 ވޯޓުގެ ތަފާތުން އިލެކްޝަން ކާމިޔާބުކުރީ އެމްއެންޕީގެ ކެންޑިޑޭޓު ޚަދީޖާއެވެ.

އެގޮތުން ޚަދީޖާއަށް ޖުމުލަ 114 ވޯޓު ލިބިފައިވާއިރު ޝިރުމީނާއަށް ލިބިފައިވަނީ 85 ވޯޓެވެ.

މިއަދުގެ އިންތިހާބުގައި ޖުމުލަ 298 މީހުންނަށް ވޯޓު ލިމުގެ ހައްގު ލިބިގެންވާއިރު، ވޯޓު ލާފައިވަނީ 203 މީހުންނެވެ. އަދި ބާތިލު ވޯޓުގެ ގޮތުގައި ހަތަރު ވޯޓު ލާފައިވެއެވެ.

އެމްއެންޕީ ވުޖޫދުވި ފަހުން އެ ޕާޓީން ގޮނޑިއެއް ކާމިޔާބު ކުރި މިއީ ދެވަނަ ފަހަރެވެ. އެ ޕާޓީން އެންމެ ފުރަތަމަ އިންތިހާބެއް ކާމިޔާބުކުރީ މި މަހުގެ ދެވަނަ ދުވަހު ބޭއްވި ށ. ކޮމަންޑޫ އަންހެނުންގެ ކޮމިޓީގެ ބައި އިލެކްޝަނެވެ.

އެ އިންތިޚާބުގައި އެ ޕާޓީގެ ފަރާތުން ވާދަކުރީ ވެސް 334 ވޯޓު ލިބުނު ޒަޢީމާ އާދަމް އެކަންޏެވެ.

މިއަދު ދެ ބައި އިލެކްޝަނެއް ކުރިއަށް ގެންގިސްފައިވާއިރު، އައްޑޫ ސިޓީ ހިތަދޫގެ ބައި އިލެކްޝަން ޕީޕީއެމް އިން ވަނީ 141 ވޯޓުގެ ތަފާތަކުން ކާމިޔާބުކޮށްފައެެވެ.

comment ކޮމެންޓް