ބަލަމުންދާ މައްސަލައަކާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަޙްމަދު ރިޔާޒު ސަސްޕެންޑްކޮށްފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް އަޒީޒް މިއަދު ވިދާޅުވީ, ބަލަމުންދާ މައްސަލައަކާ ގުޅިގެން ސްޓޭޓް މިނިސްޓަރު ރިޔާޒު ސަސްޕެންޑް ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީއަށް އަންގާފައިވާ ކަމަށެވެ.
ނަމަވެސް އޭނާ ސަސްޕެންޑް ކުރަން އެންގީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް މަބްރޫކް ވިދާޅެއް ނުވެއެވެ.
އެނގިފައިވާ ގޮތުގައި ރިޔާޒާ ގުޅޭ ގޮތުން ބަލަމުން އަންނަނީ އެ އޮފީހުގެ މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރި ކަމަށް ތުހުމަތުކުރާ މައްސަލައެކެވެ.
ޖިންސީ ފުރައްސާރައިގެ މައްސަލަތަކުގައި މީގެ ކުރިން މިނިސްޓަރަކުވެސް މަގާމުން ވަކިކޮށްފައިވާރު, ސަރުކާރުގެ ބައެއް އެހެން އިސް މަގާމުތަކުގައި ތިބި ބޭފުޅުން ވެސް މަގާމުން ވަކިކޮށްފައިވެއެވެ.