ލޯންޗް އެކްސިޑެންޓް: ވެންޓިލޭޓަރުގައި އޮތް މީހާ މާލެ ގެނެސްފި

ވެންޓިލޭޓަރުގައި އޮތް މީހާ މާލެ ގެނައުން:

ގއ. ވިލިގިނލީ ނެރުން ވަންނަން އުޅުނު ލޯންޗެއް އެކްސިޑެންޓްވުމުގެ ސަބަބުން ލިބުނު އަނިޔާތަކަށް ވެންޓިލޭޓަރުގައި ފަރުވާ ދެމުން އަންނަ ޒުވާނާ އިތުރު ފަރުވާއަށް މިއަދު މާލެ ގެނެސްފިއެވެ.

ރޭ ހިނގި އެ ހާދިސާގައި ދެ މީހަކު ވަނީ މަރުވެފައެވެ. އެއީ ގއ. ވިލިނގިލި، ދޫރެސް، މިސްބާހު ޢަބްދުލްމުޙްސިން، 37، އާއި ނ. ލަންދޫ، އުރަހަ، މުޙައްމަދު ޝާފިއު، 27، އެވެ.

އެ ލޯންޗްގައި ދެން ތިބި ތިން މީހުންގެ ހާލު ގޯސްވެގެން ރެއިން ފެށިފެން ވަނީ ފަރުވާ ދޭން ފަށައިފައެވެ. އޭގެ ތެރެއިން ވެންޓިލޭޓަރުގައި ފަރުވާ ދެމުން އައީ މަރުވި މިސްބާހުގެ ކޮއްކޮ، އިސްހާގު ޢަބްދުލް މުޙްސިނަށެވެ.

https://sun.mv/165043

އެމްއެންޑީއެފްއިން މިއަދު ބުނީ އިތުރު ފަރުވާއަށް 30 އަހަރުގެ ދިވެހި ފިރިހެނަކު ރޭ ފަތިހު ވިލިނގިލީ ހޮސްޕިޓަލުން މާލެ ގެނެސްފައިވާ ކަމަށެވެ. އޭނާ މާލެ ގެނައީ އެމްއެންޑީއެފްގެ ޑޯނިއާ ފްލައިޓެއްގައެވެ.

ލޯންޗް އެކްސިޑެންޓްގައި އަނިޔާވި އަނެއް ދެ މީހުން ވެސް މިހާރު ވަނީ މާލެ ގެނެސްފައެވެ.

https://sun.mv/165045

އެނގިފައިވާ ގޮތުގައި ވިލިނގިލިން އިތުރު ހަތަރު މީހުންނާ އެކު އެ ލޯންޗް ޕުލްމަން ރިސޯޓަށް ގޮސްފައިވަނީ ހާދިސާގައި މަރުވި ޝާފިއު ބަލައެވެ.

"މިސްބާހުގެ އާއިލާ މީހަކާ ޝާފިއުގެ އާއިލާ މީހަކު ކައިވެނިކުރާތީ ޝާފިއު ބަލާ މި ދިޔައީ," އެ ރަށުން ވާހަކަ ދެއްކި މީހަކު ކިޔައިދިނެވެ.

މަންޒަރުދުށް ބައެއް މީހުން ބުނީ ނެރުގެ ފައިކައްޓަށް ލޯންޗު އަރާފައިވަނީ ބާރު ސްޕީޑެއްގައި ދަނިކޮށް ކަމަށެވެ.

އެ ހިތާމަވެރި ހާދިސާގައި މަރުވި މިސްބާހުގެ ދެ އަނބިން ތިބޭއިރު ދޮށީ އަނތްބައް 18 އަހަރުން ދަށުގެ ދެ ފިރިހެން ކުދިން ތިބެއެވެ. އަދި ހަނގު އަނތްބައް ދެ އަހަރު ނުވާ ކުޑަ ފިރިހެން ކުއްޖަކު ވެސް ހުރެއެވެ.

އެނގިފައިވާ ގޮތުގައި ދެން އެ ހާދިސާގައި މަރުވި ޝާފިއު އަދި ކައިވެންޏެއް ކޮށްފައެއް ނުވެއެވެ.

comment ކޮމެންޓް