މަރުވި މިސްބާހުގެ ކޮއްކޮ ވެންޓިލޭޓަރުގައި، ތިން މީހުން ވެސް މާލެ ގެންނަނީ

ލޯންޗް އެކްސިޑެންޓްގައި އަނިޔާވެ ވެންޓިލޭޓަރުގައި އޮތް އިސްހާގު(މ) ----

ގއ. ވިލިގިނލީ ނެރުން ވަންނަން އުޅުނު ލޯންޗެއް އެކްސިޑެންޓްވެ އޭގެން ދަތުރުކުރި ދެ މީހަކު މަރުވެފައިވާއިރު އެތަނުން އެކަކުގެ ކޮއްކޮގެ ހާލު ސީރިއަސްވެ މާލެ ގެނައުމުގެ މަސައްކަތް ފަށައިފިއެވެ.

އެ ހާދިސާގައި މަރުވެފައި ވަނީ ގއ. ވިލިނގިލި، ދޫރެސް، މިސްބާހު ޢަބްދުލްމުޙްސިން، 37، އާއި ނ. ލަންދޫ، އުރަހަ، މުޙައްމަދު ޝާފިއު، 27، އެވެ.

ލޯޗްނު ދަތުރުކުރި އަނެއް ތިން މީހުނަށް ވެސް ގއ. އަތޮޅު ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ ކަމަށް އެ ހޮސްޕިޓަލްގެ މެނޭޖަރު ޝަރީފް އަޙްމަދު ވަނީ "ސަން" އަށް ވިދާޅުވެފައެވެ.

އޭގެ ތެރެއިން މިސްބާހުގެ ކޮއްކޮ އިސްހާގު ޢަބްދުލް މުޙްސިނަށް ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގައި ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ތިން މީހުން ވެސް އިތުރު ފަރުވާއަށް މާލެ ފޮނުވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.

comment ކޮމެންޓް