އަމުރު ނެރުނުތާ 18 ދުވަސް: އެހެން ދީންތައް ފެތުރުން ނުހުއްޓުވޭ

ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވާހަކަދައްކަވަނީ -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ރާއްޖޭގައި އެހެން ދީންތައް ފެތުރުމަށް އިންޓަނެޓްގެ ޒަރިއްޔާއިން ގެންގުޅޭ އެކި އެކި މީޑިއަމްތައް ބްލޮކް ކުރުމަށް ކްރިމިނަލް ކޯޓުން މިދިޔަ މަހު ކުރި ހުކުމް އަދިވެސް ތަންފީޒު ނުކުރެވޭ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

މިދިޔަ މަހުގެ 29 ވަނަ ދުވަހު އެފަދަ އަމުރެއް ކްރިމިނަލް ކޯޓުން ނެރުނީ ރާއްޖޭގައި އިސްލާމްދީން ފިޔަވައި އެހެން ދީންތައް ފެތުރުމަށް، ދިވެހިންނަށް އަމާޒުކޮށްގެން ހިންގާ ވެބްސައިޓްތަކާއި ސޯޝަލް މީޑިއާ ޕޭޖްތަކާއި ޔޫޓިއުބް ޗެނަލްތަކާއި އެޕްލިކޭޝަންތަކުގެ މައްސަލަ ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން ތަހުގީގުކޮށް އެ ކޯޓަށް ހުށަހެޅުމުންނެވެ.

https://sun.mv/159526

ކްރިމިނަލް ކޯޓުގެ އަމުރު ތަންފީޒު ކުރުމާ ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން" އަށް މިއަދު ވިދާޅުވީ އެކަން ތަންފީޒުކޮށް އަދި ނުނިމޭ ކަމަށެވެ.

އެއީ ޓެކްނިކަލް މަސައްކަތަކަށް ވާތީ ފުލުހުންނާއި ކޮމިއުނިކޭޝަން އޮތޯރިޓީގެ އިތުރުން އިސްލާމިކް މިނިސްޓްރީ އާއި ކަމާ ގުޅުންހުރި އެހެން އިދާރާތަކުން ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

https://sun.mv/158864

ރާއްޖޭގައި އެހެން ދީންތައް ފެތުރުމާ ގުޅޭ އެކިއެކި މައުލޫމާތުތައް ސޯޝަލް މީޑިއާގެ އެކި ވަސީލަތްތަކުގައި ވެސް އަންނަނީ ފަތުރަމުންނެވެ. އެގޮތުން ޓީވީއެމްއިން ރޯދަ މަހު ދައްކާ މުހައްމަދު ރަސޫލުالله ޕްރޮގްރާމް އެކޭ އެއްގޮތަށް، ދިވެހި ބަހުން އަޑުއަޅާފައި ހުންނަ ނަސާރާ ދީން ފަތުރާ ވީޑިއޯތަކެއް ވެސް އިންޓަނެޓްގައި ދައުރުކުރަމުންދެއެވެ.

ނަސާރާ ދީން ފެތުރުމަށް ސޯޝަލް މީޑިއާގެ ހުރިހާ ޕްލެޓްފޯމްތަކެއްގައި ޕޭޖުތަކާއި ޗެނަލްތައް އަންނަނީ ހިންގަމުންނެވެ. ޝިރުކުގެ ވާހަކަތައް ހިމެނޭ ބައެއް ވީޑިއޯތައް ގިނަ ބަޔަކަށް ދެއްކުމަށް ސޯޝަލް މީޑިއާގެ އެކި އެޕްލިކޭޝަންތަކުގައި ހުންނަނީ ބޫސްޓްކޮށްފައެވެ. އެހެން ކުރާއިރު ވެސް ޒުވާނުންނާއި ކުޑަކުދިންނަށް ޓާގެޓް ކުރެ އެވެ.

comment ކޮމެންޓް