އައްޑޫ ހަންކެޑެ އާއި ކ. ގާފަރުފަޅުގައި ރިއަލް އެސްޓޭޓް ޓޫރިޒަމް ހިންގަނީ

ގާފަރު ފަޅު

އައްޑޫ ސިޓީގެ ހަންކެޑެ އާއި ކ. ގާފަރުފަޅަކީ ސަރުކާރުގެ ރިއަލް އެސްޓޭޓް ޓޫރިޒަމް ތަރައްގީކުރާ ސަރަހައްދުތަކުގެ ގޮތުގައި ކަނޑައަޅައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ސޮއިކުރައްވާ މިއަދު ނެރުއްވި ގަރާރުއިވާ ގޮތުން، އައްޑޫ ސިޓީގެ ހަންކެޑެ އާއި ކ. ގާފަރުފަޅު ތަރައްގީ ކުރުމަށް ޓަކައި ކުއްޔަށް ދީފައި ވަނީ ސަރުކާރުގެ 100 ޕަސެންޓް ހިއްސާ އޮންނަ ކުންފުންޏެއް ކަމަށްވާ މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑަށެވެ.

ދިވެހިރާއްޖޭގެ ޓޫރިޒަމް ގާނޫނުގައި ބުނާގޮތުން، އިންޓަގްރޭޓެޑް ޓޫރިޒަމް ތަރައްގީކޮށް ހިންގާ ރަށް ނުވަތަ ފަޅު ނުވަތަ ބިން ހިމެނޭ ސަރަހައްދަކީ ސަރުކާރުގެ ޓޫރިޒަމް ރިއަލް އެސްޓޭޓް ޑިވޮލޮޕްމަންޓް ޕްރޮޖެކްޓެއް ހިންގަން ކަނޑައަޅާފައިވާ ސަރަހައްދެއް ކަމުގައި ވާންޖެހެއެވެ.

ހަމައެއާއެކު އިންޓަގްރޭޓެޑް ޓޫރިސްޓް ރިސޯޓް ތަރައްގީކޮށް ހިންގުމަށްޓަކައި އެރަށެއް، ބިމެއް ނުވަތަ ފަޅެއް، ސަރުކާރުގެ 100 ޕަސެންޓް ހިއްސާވާ ކުންފުންޏަކަށް ކުއްޔަށް ދިނުމަށް ރައީސްގެ ގަރާރަކުން ކަނޑައަޅާފައި އޮންނަންވާނެކަމަށް ވެސް ގާނޫނުގައި އޮވެއެވެ.

https://sun.mv/158366

މީގެ ކުރިން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވަނީ ރާއްޖޭގެ އިގްދިސާދު ކުރިއެރުވުމަށްޓަކައި އިގުތިސާދު ސިންދަފާތުކޮށް, ރިއަލް އެސްޓޭޓް ވިޔަފާރީގެ ފުރުސަތުތައް މި ސަރުކާރުން ފުޅާ ކުރާނެ ކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް