އެންމެ ބޮޑަށް ބޭނުން ޖެހިފައިވާ 20 ރަށަކަށް އެމްބިއުލާންސް ފޮނުވައިފި

މީގެ ކުރިން ރަށްރަށަށް އެމްބިއުލާންސް ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: މިއަދު ވަނީ 20 ރަށަކަށް އެމްބިއުލާންސް ފޮނުވާފައި -- ސަންފޮޓޯ/ ފަޔާޒު މޫސާ

އެންމެ ބޮޑަށް ބޭނުން ޖެހިފައިވާ 20 ރަށަކަށް ހެލްތު މިނިސްޓްރީން އެމްބިއުލާންސް ފޮނުވައިފިއެވެ.

އެގޮތުން މިއަދު އެމްބިއުލާންސް ފޮނުވާފައިވަނީ މިވަގުތަށް އޭގެ ބޭނުން އެންމެ ބޮޑަށް ޖެހިފައިވާ 20 ރަށަށް ކަމަށް ހެލްތު މިނިސްޓްރީގެ އިސް އޮފިޝަލަކު ވަނީ ވިދާޅުވެފައެވެ.

އެމްބިއުލާންސް ފުނުވި ރަށް ތައް:

  1. ހއ. އުލިގަމް
  2. ހއ. ފިއްލަދޫ
  3. ހދ. މަކުނުދޫ
  4. ހދ. ނޮޅިވަރަމް
  5. ށ. ފޯކައިދޫ
  6. ނ. މިލަދޫ
  7. ނ. ހެނބަދޫ
  8. ރ. އިނގުރައިދޫ
  9. ޅ. ކުރެންދޫ
  10. ބ. ތުޅާދޫ
  11. ކ. ހުރާ
  12. އދ. ދަނގެތި
  13. ފ. ބިލެއްދޫ
  14. ތ. މަޑިފުށި
  15. ލ. މާވަށް
  16. ގއ. ގެމަނަފުށި
  17. ށ. މަރޮށި
  18. ތ. ގާދިއްފުށި
  19. ބ. ކުޑަރިކިލު
  20. އއ. ތޮއްޑޫ

މިއަހަރުގެ މޭ މަހުގެ ކުރީކޮޅު ސަރުކާރުން ވަނީ އަތޮޅުތެރެއަށް ބޭނުންވާ 96 އެމްބިއުލާންސް ގެނައުމަށް އެސްޓީއޯއާއެކު އެއްބަސްވުމެއް ހަދާފައެވެ.

އެއީ ސަރުކާރުގެ ހަރަދުގައި ގަންނަ އެމްބިއުލާންސްތަކެކެވެ. އަދި މި އަހަރުގެ ނިމުމުގެ ކުރިން 60 އެމްބިއުލާންސް ރާއްޖެ ގެންނާނެ ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފައެވެ.

މިނިސްޓްރީން ބުނީ އަތޮޅުތެރޭގައި ބޭނުން ކުރުމަށް އެސްޓީއޯ މެދުވެރިކޮށް ގަނެފައިވާ އެމްބިއުލެންސްގެ ފުރަތަމަ ޝިޕްމަންޓް (20 އެމްބިއުލެންސް) ރަށްރަށަށް ފޮނުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

comment ކޮމެންޓް