ޑާކްރެއިންގެ "ގިރިޓީ ލޯބި" އަންނާނީ ބައިސްކޯފަށް!

ގިރިޓީ ލޯބި އިން ފެނިގެންދާ ތަރިން---

ދިވެހި ފިލްމު އިންޑަސްޓްރީގައި މިވަގުތު ހުރި އެންމެ ކާމިޔާބު އެއް ކުންފުނި ކަމުގައިވާ ޑާކްރެއިން އެންޓަޓެއިންމަންޓުގެ "ގިރިޓީ ލޯބި" ބައިސްކޯފު އެޕްލިކޭޝަނުގައި ސްޓްރީމްކުރާ ގޮތަށް ހަމަޖެހިއްޖެއެވެ.

ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ބުނީ ގިރިޓީ ލޯބި ވެބް ސީރީޒަކީ ޑްރެމެޑީއެއް ކަމަށެވެ. މާނައަކީ ޑްރާމާ އާ ކޮމެޑީ އެކުލެވިގެންވާ ސީރީޒެކެވެ. ހުރިހާ ރަހަތަކެއް އެކުލެވޭ ގޮތަށް އުފައްދާ މި ސީރީޒް އަންނަ ނޮވެމްބަރު މަހު ނުވަތަ ޑިސެމްބަރު މަހު ބައިސްކޯފާ ހަމައަށް އަންނާނެ ކަމަށާއި މި ސީރީޒަކީ 20 އެޕިސޯޑުގެ މައްޗަށް އެކުލެވިގެންވާ ވެބް ސީރީޒެއް ކަމަށް މޮގާ ބުންޏެވެ.

އައިޝަތު ފުއާދު ތައުފީގް އަދި މޮގާ ޕްރޮޑިއުސްކުރާ މި ސީރީޒްގެ ޑައިރެކްޓަރަކީ އަލީ ޝިފާއު (ޗިއްޕެ)އެވެ. ސީރީޒްގެ ސްކްރީން ރައިޓަރަކީ އަހްމަދު ޒަރީރު އެވެ.

ގިރިޓީ ލޯބި އިން ފެނިގެންދާ މައިގަނޑު ތަރިންނަކީ މުހައްމަދު ވިޝާލް (ރޯމަން)، އައިމިނަތު ރަޝްފާ (އާޝާ)، މުހައްމަދު މަނިކު، މުހައްމަދު ފައިސަލް އަދި އާދަމް ރިޒްވީ (ރެކްސް) އެވެ. މޮގާ ބުނީ މި ސީރީޒުގައި މިތަރިންގެ އިތުރުން ގިނަ ތަރިންނެއް ވެސް ފެންނާނެ ކަމަށާއި އަދި ސީރީޒް މެދުވެރިކޮށް އާ މޫނުތަކެއް ވެސް އާންމުންނަށް ފެނިގެންދާނެ ކަމަށެވެ.

comment ކޮމެންޓް