"އެޕަލް ވޮޗް އެކްޓިވިޓީ ޗެލެންޖު" ހޮނިހިރު ދުވަހު

އެޕަލް ވޮޗް --- ފޮޓޯ/ސީނެޓް

އެޕަލް ކުންފުނިން ބާއްވާ މިއަހަރުގެ "އެޕަލް ވޮޗް އެކްޓިވިޓީ ޗެލެންޖު" އަންނަ ހޮނިހިރު ދުވަހު ބާއްވަން ނިންމައިފިއެވެ.

އެޕަލްއިން ބުނީ އެޕަލް ވޮޗް ބޭނުންކުރާ ފަރާތްތަކުން މި ޗެލެންޖުގައި ބައިވެރިވާން ޖެހޭނީ އެދުވަހު އެއް މޭލުގެ ދުރުމިނަކަށް ދުވެފައި ނުވަތަ ހިނގާފައި ނުވަތަ ހައިކް ކޮށްގެން ނުވަތަ ވީލް ޗެއާ އެކްޓިވިޓީއާއެކު ކަމަށެވެ.

މިފަދަ އެޕަލް ވޮޗް ޗެލެންޖުތަކަކީ އެޕަލް ވޮޗް ފިޓްނެސްގެ ކަންކަމުގައި ބޭނުންކުރުމަށް ޕްރޮމޯޓުކުރަން ބާއްވާ ޗެލެންޖުތަކެކެވެ.

އަދި މި ޗެލެންޖުގެ ބޭނުން ހިފައިގެން އެޕަލްއިން އެ ކުންފުނީގެ ކަސްޓަމަރުންނަށް އެޕަލް ވޮޗްގެ ވޯކްްއައުޓް ޓްރެކިން ފީޗާސް ބޭނުން ކުރަން އެއްބާރުލުންދެއެވެ. އެޕަލްގެ ފިޓްނެސް އެޕް މެދުވެރިކޮށް މި ޗެލެންޖު ފުރިހަމަ ކުރުމުން، ފުރިހަމަ ކުރިކަމުގެ އެޗީވްމެންޓު އޮންލައިންކޮށް އެޕަލްގެ ޑިވައިސްތަކަކުން ލިބޭނެއެވެ.

އަދި ހަމަ އެހެންމެ ކަސްޓަމަރުންނަށް މި ޗެލެންޖު އެޕަލްގެ ފިޓްނެސް ޕްލަސް ބޭނުންކޮށްގެންވެސް ފުރިހަމަ ކުރެވޭނެއެވެ. އެޕަލް ވޮޗް ބޭނުން ކުރާ ފަރާތްތަަކަށް މި ޗެލެންޖާއި ބެހޭގޮތުން އިތުރު މައުލޫމާތު ދޭނެކަމަށް އެ ކުންފުނިން ބުންޏެވެ.

comment ކޮމެންޓް