ޝިއުނާއާއި އައްސަދުގެ މައްސަލަ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް

އޮކްޓޫބަރ 24، 2019: އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގެ ތަހުގީގާއި ގުޅޭގޮތުން ފުލުހުންނާއި، އޭސީސީ އަދި ޕްރެސިޑެންޝަލް ކޮމިޝަން އޮން ކޮރޮޕްޝަން އެންޑް ސްޓޭޓް އެސެޓް ރިކަވަރީ ގުޅިގެން އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސް މަރިޔަމް ޝިއުނާ އާއި އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސް އަހްމަދު އައްސަދުގެ މައްސަލަ ބަލަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށް ހުށަހަޅައިފިއެވެ.

އެ މައްސަލަ ހުށަހަޅާފައިވަނީ ޝިއުނާއާއި އައްސަދުގެ ނަޒާހާރްތެރިކަން ގެއްލޭފަދަ ހެކި އެބަހުރި ކަމަށް ޔޫތް މިނިސްޓަރު އަހުމަދު މަހްލޫފް ވިދާޅުވުމާ ގުޅިގެންނެވެ.

އޭސީސީގެ މައްސަލައާއި އެސެޓް ރިކަވަރީ ކޮމިޝަންގެ މައްސަލަ ބަލަން މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށް ހުށަހެޅީ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު އުޝާމްއެވެ. އުޝާމް މިއަދު "ސަން" އަށް ވިދާޅުވީ މިނިވަން މުއައްސަސާތަކުގައި ތިއްބެވި ބޭފުޅުންނާ ބެހޭގޮތުން ދައުލަތުގެ ވަޒީރަކު އެފަދަ ތުހުމަތެއް ކުރުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ.

https://sun.mv/155450

އެހެންކަމުން އޭސީސީއާ އެސެޓް ރިކަވަރީ ކޮމިޝަންގެ މައްސަލަ ބެލުމަށް ހުށަހަޅާފައިވާ ކަމަށް އުޝާމް ވިދާޅުވިއެވެ. މިނިސްޓަރު މަހްލޫފުގެ މައްޗަށް ކުރެވޭ އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލަ، ވަކިގޮތަކަށް ނިންމުމަށް އޭސީސީގެ ރައީސް މަރިޔަމް ޝިއުނާއާއި އެސްޓް ރިކަވަރީ ކޮމިޝަންގެ ރައީސް އައްސަދު މަަސައްކަތް ކުރާކަމަށް މަހްލޫފު ވަނީ ތުހުމަތުކުރައްވާފައެވެ. އަދި އެ މައްސަލަ ލަސްކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމަށްވެސް ޕްރެޝަރުކޮށްފައިވާ ކަމަށް މަހްލޫފު ވަނީ ތުހުމަތުކުރައްވާފައެވެ.

comment ކޮމެންޓް