އެޗްއެސްސީ އިމްތިހާނު ފަށައިފި

އިމްތިހާނެއް ކުރިއަށްދަނީ --- ފައިލް ފޮޓޯ

މަތީ ސާނަވީ ނިންމާ ދަރިވަރުންނަށް ޑިޕާޓްމެންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަނުން ދޭ އެޗްއެސްސީ އިމްތިހާނު ފަަށައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީ އިން ބުނީ މިއަދުން ފެށިގެން މި މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ އިމްތިހާނާނުގައި 1،331 ދަރިވަރުން ބައިވެރިވާ ކަމަށެވެ.

މާލޭ ސަރަހައްދުން ހަ ސެންޓަރަކުން ޖުމްލަ 878 ދަރިވަރުން އަދި އަތޮޅުތަކުން 33 ސެންޓަރަކުން 453 ދަރިވަރުން އެ އިމްތިހާނުގައި ބައިވެރިވާ ކަމަށް އެ މިނިސްޓްރީ އިން ބުންޏެވެ.

އެޗްއެސްސީ އިމްތިހާނު މިއަދު ފެށިއިރު، އެޑެކްސެލް އޭލެވެލް އިމްތިހާނުގެ ޕޭޕަރުތައް ލީކުވުމާ ގުޅިގެން އެ އިމްތިހާނު ރާއްޖޭގައި ކުރިއަށް ނުގެންދަން އެޑިއުކޭޝަން މިނިސްޓްރީ އިން ވަނީ ނިންމައިފަ އެވެ.

އެޑިއުކޭޝަނުން ވަނީ ގްރޭޑު 10 ނިންމާ ދަރިވަރުންނަށް ދަސްވެނިވުމަށް ދެ އިހުތިޔާރެއް ދީފަ އެވެ. އެގޮތުން ޓީޗާ ބޭސްޑް އެސެސްމެންޓަކަށް ފަހު ގްރެޖުއޭޓް ވެވޭނެ އޮޕްޝަންއެއް ނުވަތަ އަންނަ އޮކްޓޫބަރު/ނޮވެމްބަރު މަހުގެ އިމްތިހާނުގައި އިށީނުމުގެ ފުރުސަތު ދޭން މިނިސްޓްރީ އިން ނިންމާފައި ވެއެވެ.

މިނިސްޓްރީ އިން ބުނެފައިވަނީ ޓީޗާ ބޭސްޑް އެސެސްމެންޓު ސްކޫލުތަކުން ތައްޔާރުކުރި ނަމަވެސް ކުދިންނަށް ލިބޭނީ އެޑެކްސެލްގެ ސެޓްފިކެޓު ކަމަށެވެ.

comment ކޮމެންޓް