ވެލިދޫ ވޯޓު ފޮއްޓެއްގެ ވޯޓުލުން ދެގަޑިއިރަށް މެދުކެނޑިއްޖެ

ވެލިދޫ ނަހުޒާ ޕްރީސުކޫލުގައި ބަހައްޓާފައި ހުރި ވޯޓު ފޮށި --

ނ. ވެލިދޫ ނަހުޒާ ޕްރީސްކޫލުގައި ބަހައްޓާފައި ހުރި ވޯޓު ފޮއްޓަށް ވޯޓުލުމަށް ބުރޫ އަރައިފި އެވެ.

އެރަށުން ވާހަކަ ދެއްކި މީހަކު ބުނީ ނަހުޒާ ޕްރީސްކޫލުގައި ހުންނަ ވޯޓު ފޮށީގެ ވޯޓުލުން ދެ ގަޑިއިރަށް މެދުކެނޑުނު ކަމަށާއި މިހާރު އަނެއްކާވެސް ވޯޓުލުން ފެށިފައިވާ ކަމަށެވެ.

ވެލިދޫ ނަހުޒާ ޕްރީ ސްކޫލުގައި ބަހައްޓާފައި ހުރި ފޮށީގެ ވޯޓުލުން މެދުކެނޑުނީ، އެ ފޮއްޓަށް ވޯޓުލުމަށް ރެޖިސްޓްރީ ކޮށްފައިވާ ނުކުޅެދުންތެރިކަން ހުންނަ މީހަކު އެހީތެރިޔަކާ އެކު ވޯޓުލާން ދިޔުމުން އެހީތެރިޔާ އަށް ފުރުސަތު ނުދީ ވޯޓު ފޮށީގެ ވެރިޔާ އޭނާ އަށް ވޯޓުލުމުގައި އެހީތެރިވެދީފައިވާތީ ކަމަށެވެ.

މިއަދު ހެނދުނު ހަތަކުން ފެށިގެން މިއަދު ހަވީރު ހަޔަކަށް ވޯޓުލުން ކުރިއަށްދާއިރު 10:45 އާއި ހަމައަށް ވޯޓުލާފައިވަނީ 17 ޕަސެންޓު މީހުންނެވެ.

އިންތިހާބުގައި 3934 ކެންޑިޑޭޓުން ވާދަކުރެ އެވެ. އެއީ ކައުންސިލް އިންތިހާބުގައި ވާދަކުރާ 2264 ކެންޑިޑޭޓުންނާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ވާދަކުރާ 1670 ކެންޑިޑޭޓުންނެވެ.

comment ކޮމެންޓް